ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ކޮންމެ ޢުދުވާނަކުން އީރާން ދިފާޢުކުރާނަން: އާމިރު ހާތަމީ
ދުނިޔެ

ކޮންމެ ޢުދުވާނަކުން އީރާން ދިފާޢުކުރާނަން: އާމިރު ހާތަމީ

ޟޟަމްރަތު އަހްމަދު20 އޭޕްރީލް 2026
އީރާނަށް ޢާދާވާތްތެރިންގެ ފަރާތުން ދިމާވާ ކޮންމެ ޢުދުވާނަކާ އެގައުމުގެ ސިފައިން ފިސާރި ވަރުގަދަކޮށް ކުރިމަތިލައި ގައުމު ދިފާއުކުރާނޭ ކަމަށް އީރާން އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރޖެނެރަލް އާމިރު ހާތަމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގައުމީ ފެންވަރުގައި އެގައުމުގެ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައެވެ. އޭނާ ވިދާޅުވީ މިފަދަ ދުވަހެއްގައި އިސްލާމީ އިންގިލާބުގެ ލީޑަރު އަދި އީރާނުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް އާޔަތުالله ސައްޔިދު މޮޖުތާބާ ހުސެއިނީ ޚާމަނާއީ އީރާނުގެ ސިފައިންނާމެދު ބަހައްޓަވާ ގާތްކަމާއި އޯގާތެރި ކަމާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އީރާނުގެ ސިފައިންގެ ޗީފް ކޮމާންޑަރުގެ ޚިތާބުގައި ވިދާޅުވީ އެގައުމުގެ ސިފައިންގެ ހަތަރު ގޮފި ވެސް މަސައްކަތް ކުރާނީ ބިމާއި ވަޔާއި، ކަނޑާއި، މިހެންގޮސް ހުރިހާ ދިމާއަކުންވެސް އިސްލާމްދީނާއި ގައުމާއި އެ ގައުމުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ކަމަށެވެ. އެކަމަށް މުޅި އަސްކަރިއްޔާއޮތީ ވަރުގަދައަށް  ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނާއި އީރާނުގެ ރައްޔިތުންނަށް ނުރައްކާކުރާ ކޮންމެ ދުޝްމަނަކާ އެގައުމުގެ ހިތްވަރުގަދަ ސިފައިން ކުރިމަތިލާނީ ފިސާރި ހިތްވަރާއި ވަރުގަދަ ޢަޒުމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ ޖުމްހޫރިއްޔާގެ މިނިވަންކަމާއި، ސަރަޙައްދީ އެއްބައިވަންތަކަމާއި، ނިޒާމު ދެމެހެއްޓުމަށް ސިފައިން ފާރަވެރިވެ މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ޤައުމު ކުރިއަށް ގެންދިއުމަށް ވެސް ސިފައިން ބާރުވެރިކަމާއި ސިފަވަންތަކަމާއެކު މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު