ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އެއްބަސްވުމަކަށް ނާދެވިއްޖަނަމަ އީރާނަށް ހަމަލާދޭނަން: ޓްރަމްޕް
ދުނިޔެ

އެއްބަސްވުމަކަށް ނާދެވިއްޖަނަމަ އީރާނަށް ހަމަލާދޭނަން: ޓްރަމްޕް

ޟޟަމްރަތު އަހްމަދު20 އޭޕްރީލް 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނުގެ އިންޖީނުގެތަކަށާއި ބްރިޖުތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އދ އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހިންގާ ބްރިޖްތަކާއި ޕަވަރ ޕްލާންޓް ނުވަތަ އިންޖީނުގެތަކަކީ ސީދާ "އަސްކަރީ ޓާގެޓްތަކެއް" ކަމަށެވެ. މި އިންޓަރވިއުގައި  އޭނާ ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު ގެންގުޅުމަށް އީރާނުން ގެންގުޅޭ ވިސްނުން ދޫކޮށްލާނޭ ކަމުގެ ޔަގީންކަން އެމެރިކާއަށް އެބައޮތް ކަމަށެވެ. އޭނާ މިހެން ވިދާޅުވެ ވާހަކަތައް ފެތުރި ކަމަށްވިޔަސް އީރާނުން މިކަމާ ބެހޭގޮތުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. އެގައުމުން ބުނަނީ އެގައުމަށް ލިބިގެންވާ މިނިވަންކަމާއި ހައްގުތައް ދިފާއު ކުރުން މަތީ ސާބިތުވެ އޮންނާނޭ ކަމަށެވެ. އެގައުމުން މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް ވެސް އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ނުގެންދެވޭނޭ ކަމުގައި އިރާނުން ދަނީ ބުނަމުންނެވެ. އީރާނުން އަބަދުވެސް ބުނަމުން އަންނަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތުން ކިތަންމެބިރުގަތަސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށްވެސް އީރާނުން ވަނީ އެތައްފަހަރަކު ބުނެފައެވެ. އެމެރިކާއަށް ތާއިދުކުރާ ބައެއް މީޑިއަމްތަކުން ބުނެފައިވަނީ އީރާނުން ވަނީ ހަކަތަ އުފެއްދުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކޮށްފައި ކަމަށެވެ.  

ގުޅުންހުރި ޚަބަރު