ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަދާނީ ގްރޫޕުން ޓެންޒޭނިއާގައި އިންވެސްޓް ކުރަނީ
ދުނިޔެ

އަދާނީ ގްރޫޕުން ޓެންޒޭނިއާގައި އިންވެސްޓް ކުރަނީ

އއިބްރާހީމްް ސަމީރު4 އޮކްޓޯބަރު 2024
އިންޑިއާގެ އަދާނީ ގްރޫޕުން ޓެންޒޭނިއާގައި 900 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމައިފިއެވެ. ޓެންޒޭނިއާ ސަރުކާރުން ޔަގީން ކޮށްދިން ގޮތުގައި މި އިންވެސްޓްމެންޓަކީ އެޤައުމުގެ ކަރަންޓު ވިއުގަ ވަރުގަދަކޮށް ހައިވޯލްޓޭޖު ކޭބަލް އިން ޤައުމު ގުޅުވާލުމުގެ ޕްރޮޖެކްޓެކެވެ. އޭގެ އިތުރުން 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި ޔޫކޭގެ ކުންފުންޏަކާވެސް ޓެންޒޭނިއާއިން ދަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އަދާނީ ގްރޫޕުގެ އިންވެސްޓްމެންޓަކީ 30 އަހަރުގެ އިންވެސްޓްމެންޓެކެވެ. އަދާނީން ވަނީ ކެންޔާގެ ޖޯމޯ ކެންޔާޓާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަނާ ވެސް ޙަވާލުވެފައެވެ. އޭގެ އިތުރުން ކެންޔާގައިވެސް ކަރަންޓު ވިއުގައަށް އިންވެސްޓް ކުރުމަށް އަދާނީއަށް ފުރުސަތު ލިބިފައި ވެއެވެ. ޓެންޒޭނިއާގެ ސަރުކާރުން ވަނީ ދާރުއްސަލާމްގެ މައި ބަނދަރުވެސް އަދާނީ ކުންފުންޏާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ޚަބަރު