ދިވެހި|English 24 އޮގަސްޓު 2026 · 08:09
Top banner
Advertisement
އީރާނުގެ ފަޚުވެރި ގައުމިއްޔަތު ސަބަބުން ވަރުގަދަ ވެއްޖެ
ދުނިޔެ

އީރާނުގެ ފަޚުވެރި ގައުމިއްޔަތު ސަބަބުން ވަރުގަދަ ވެއްޖެ

އއަހުމަދު މުހައްމަދު26 އޭޕްރީލް 2026
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރި ހަނގުރާމައިގެ ސަބަބުން އީރާނުގެ ގައުމިއްޔަތުގެ ރޫހު އިތުރަށް ވަރުގަދަވެ، ބޭރު މީހުންނަށް ބަރޯސާ ނުވުމަށް އީރާނުގެ ރައްޔިތުންނަށް ދަސްވެއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހަޖެރާނީ ވިދާޅުވެއްޖެއެވެ. "ފަހުން މިކުރި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ ގައުމިއްޔަތު ވަރުގަދަވެ، ގައުމީ ފަޚުރުވެރިކަން އިތުރުވެއްޖެ. އަދި ކަންކަމުގައި ބޭރު މީހުންނަށް ބަރޯސާވެގެން ނުވާނެކަން އަޅުގަނޑުމެންނަށް ވިސްނިއްޖެ،" މޮހަޖެރާނީ ވިދާޅުވި އެވެ. މޮންގޯލުންނާ ހަނގުރާމަ ކުރުމަށްފަހު އީރާނުން ހޯދި ކާމިޔާބީއަކީ އީރާން އިތުރަށް ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހެން ކަމުން އީރާނުގެ މުސްތަގުބަލާ މެދު އިތުބާރު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު