ދިވެހި|English 9 ޖުލައި 2026 · 03:56
Top banner
Advertisement
ހަމަލާތަކުގެ ހެކި ބައިނަލްއަގުވާމީ ފަރާތްތަކަށް އީރާނުން ހުށަހަޅައިފި
ދުނިޔެ

ހަމަލާތަކުގެ ހެކި ބައިނަލްއަގުވާމީ ފަރާތްތަކަށް އީރާނުން ހުށަހަޅައިފި

އއަހުމަދު މުހައްމަދު26 އޭޕްރީލް 2026
އެމެރިކާއާއި އިޒްރޭލުން އީރާނުގެ އާންމު ރައްޔިތުންނާ ދެކޮޅަސް ދީފައިވާ ހަމަލާތަކުގެ ހެކި ބައިނަލްއަގުވީ ފަރާތްތަކަށް ހުށަހަޅަން އީރާނުން ނިންމައިފިއެވެ. އެގައުމުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ވިދާޅުވީ، އެމެރިކާ-އިޒްރޭލުން އާންމުންނަށް އަމާޒުކޮށް ހަމަލާ ދިން ކަމުގެ ލިޔެކިޔުންތައް ރެޑް ކްރޮސް އާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ޕިރް ހުސައިން ކޫލިވަންދު މިހެން ވިދާޅުވީ ރެޑް ކްރެސެންޓް ސޮސައިޓީގެ ކަލްޗަރަލް ހެރިޓޭޖް، ޓޫރިޒަމް އެންޑް ހޭންޑީކްރާފްޓްސް މިނިސްޓަރު ރޭޒާ ސާލެހީ އާމިރީ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އައިއާރްސީއެސް އިން ފޯރުކޮށްދިން ލިޔެކިޔުންތައް ރަސްމީ ހެއްކެއްގެ ގޮތުގައި ބަލައިގަންނާނޭ ކަމަށް އައިސީސީގެ ޕްރޮސެކިއުޓަރުވަނީ އިއުލާން ކުރައްވާފައި. އާންމުންނަށް ހަމަލާ ދިނުމުގެ ހުރިހާ މައްސަލައެއް ވެސް ގާނޫނީ ގޮތުން ކުރިއަށް ގެންދަނީ ޖެނީވާ ކޮންވެންޝަންގެ މައްޗަށް ބިނާކޮށް،" ކޫލިވަންދު ވިދާޅުވި އެވެ.  

ގުޅުންހުރި ޚަބަރު