ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ސަލާމަތީ ބޮޑު އޮޕަރޭޝަނަކަށް ސޯމާލިއާ ސިފައިން ނުކުމެއްޖެ
ދުނިޔެ

ސަލާމަތީ ބޮޑު އޮޕަރޭޝަނަކަށް ސޯމާލިއާ ސިފައިން ނުކުމެއްޖެ

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ26 އޭޕްރީލް 2026
ރިޕޯޓްތައް ބުނާ ގޮތުގައި، ސޯމާލިއާގެ ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުގައި، ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ޕެޓްރޯލްކުރަން ފަށާފައެވެ. އެގޮތުން، އެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވާ ކަނޑު އުޅަނދުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލައިސަންސް ނެތް ބައެއް އުޅަނދުތައް ހުއްޓުވައި، ހިފެހެއްޓުމުގެ މަސައްކަތް ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ފަށާފައެވެ. ފާއިތުވި ތިން ދަސް އަހަރު ތެރޭގައި ސޯމާލިއާގެ ކަނޑުގެ ސަރަޙައްދުގައި ހަތިޔާރު އެތެރެކުރުމާއި، އިންސާނީ ވަގުފާރިކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހިމެނޭ ގޮތަށް ނާޖާއިޒު އެތައް ޙަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް ރިޕޯޓްތަކުގައި، އެ ޙަރަކާތްތަކާއި ގުޅުވާފައިވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާއެވެ. އެގޮތުން، އިޒުރޭލާއި، ޢަރަބި ޢިމާރާތުގެ އިތުރުން، ބައިނަލްއަޤުވާމީ ކްރިމިނަލް ނެޓްވޯކްތައް ހިމެނެއެވެ. އަދި އޭގެސަބަބުން، ސަރަޙައްދީ ސަލާމަތާއި، ހަމަޖެހުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައިވެއެވެ. އެންމެ ފަހުގެ ކުރިއެރުންތަކާއި ގުޅިފައިވަނީ، ބާބް އަލް މަންދަބް ކަނޑުއޮޅީގެ އިސްތިރާޖީ ކަނޑުގެ ސަރަހައްދުގައި، ފެޑެރަލް ރިޕަބްލިކް އޮފް ސޯމާލިއާ އިން ހަރުކަށި ކޮންޓްރޯލްތަކެއް ޤާއިމުކުރުމަށް އިޢުލާން ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ސޯމާލިއާއިން ބުނެފައިވާ ގޮތުގައި، އިޒުރޭލާއި، ޢަރަބި ޢިމާރާތް ހިމެނޭގޮތަށް ބޭރުގެ އެއްވެސް އިޖުރާމީ ބާރަކަށް، އެ ޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާއި ޚިލާފު އެއްވެސް ޙަރަކާތެއް އަދި ދަތުރުތަކެއް ނުކުރެވޭނެއެވެ. އޮފިޝަލުން ބުނާ ގޮތުގައި، އެ ފިޔަވަޅަކީ ކަނޑުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާއި، ޤައުމުގެ އިސްތިޤުލާލު ރައްކާތެރިކުރުމާއި، ހޯރން އޮފް އެފްރިކާއާއި، އަދި އެއަށްވުރެ ދުރުގައި ހަމަނުޖެހުން އިތުރުވެދާނެ ހަރަކާތްތައް ހުއްޓުވުމަށް، ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތުގެ ބައެއް ކަމުގައެވެ. އެ ސަރަޙައްދުގައި މެރިޓައިމް އެންފޯސްމަންޓް އޮޕަރޭޝަންތައް ކުރިއަށްދާއިރު ޙާލަތު އަދިވެސް އޮތީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.  

ގުޅުންހުރި ޚަބަރު