ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިސްލާމްއާބާދުގެ މަގުތަކަށް ސިފައިން ނެރުމަށް ނިންމައިފި
ދުނިޔެ

އިސްލާމްއާބާދުގެ މަގުތަކަށް ސިފައިން ނެރުމަށް ނިންމައިފި

އއިބްރާހީމްް ސަމީރު4 އޮކްޓޯބަރު 2024
އިމްރާން ޚާންގެ ޕާޓީން އިސްލާމްއާބާދުގައި މުޒާހަރާ ކުރަން ނިންމާފައިވާތީ އިސްލާމްއާބާދުގެ މަގުތަކަށް ސިފައިން ނެރެން ނިންމައިފިއެވެ. ޕާކިސްތާން ސަރުކާރުން ވަނީ މި ދުވަސްވަރު އިމްރާން ޚާންގެ ޕާކިސްތާން ތަޙުރީކޭ އިންސާފް ޕާޓީން ވެރިރަށުގައި މުޒާހަރާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. ހޯމް މިނިސްޓްރީން ބުނެފައި ވަނީ މި ދުވަސްވަރަކީ މެލޭޝިއާގެ ބޮޑުވަޒީރު އިސްލާމްއާބާދަށް ޒިޔާރަތް ކުރައްވާ ދުވަސްވަރު ކަމަށްވެފައި އަދި އެއަށްފަހު ސައޫދީގެ މަތީ ފެންވަރުގެ ވަފްދެއްވެސް ވަޑައިގަންނަވާތީ ވެރިރަށް އަމާންކޮށް ބޭއްވުމަށްޓަކައި މުޒާހަރާ ކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ޕީޓީއައިން ބުނަނީ އިމްރާން ޚާން ޖަލު ބަންދުން ސަލާމަތް ކުރުމަށާއި ޕާލަމެންޓަށް އައްޔަން ކުރަން ޖެހޭ މެމްބަރުން އައްޔަން ކުރުމަށް އެދި އެމީހުން މުޒާހަރާ ކުރާނެ ކަމަށެވެ. ހޯމް މިނިސްޓަރ މުޙުސިން ނަޤްވީ ވަނީ ސިފައިންނާއި ޕެރަމިލިޓަރީ ފޯސް އިސްލާމްއާބާދުގައި މަގުތަކަށް ނެރޭނެ ކަމަށް ބުނެފައެވެ. ސިފައިން ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެންނެވެ.

ގުޅުންހުރި ޚަބަރު