ދިވެހި|English 9 ޖުލައި 2026 · 03:55
Top banner
Advertisement
އީރާނުގެ އެތައްހާސް ބަޔަކު ޙައްޖުގެ އަޅުކަމުން މަހްރޫމްވެއްޖެ
ދުނިޔެ

އީރާނުގެ އެތައްހާސް ބަޔަކު ޙައްޖުގެ އަޅުކަމުން މަހްރޫމްވެއްޖެ

އއަހުމަދު މުހައްމަދު4 މޭ 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާހެދި އީރާނުގެ 55،000 އަށް ވުރެ ގިނަ މީހުންނަށް މިއަހަރު ހައްޖަށްދެވޭ ގޮތެއްނުވިއެވެ. މި މީހުންނަކީ މާކުރިން ޙައްޖަށް ދިއުމަށް ފައިސާ ދައްކައި އެހެން ކަންކަން ވެސް ފުރިހަމަކޮށްފައިވާ ބައެއް ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ސައިދު އަބްދުލްފައްތާހު ނައްވާބު ވިދާޅުވީ މި މީހުން ޙައްޖަށް ދިއުމަށް އިންތިޒާރުކުރަމުން ގެންދާތާ މިހާރު ވިއްސަކަށްއަހަރަށްވުރެ ގިނަވެފައިވާ ކަމަށެވެ. ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމާފައިވެ އެވެ. އީރާނުގެ ޙައްޖު އެންޑް ޕިލްގްރިމޭޖް އޯގަނައިޒޭޝަންގެ ވެރިޔާ އަލިރޭޒާ ރަޝީދިއަން ވެސް ވިދާޅުވެފައިވަނީ ފުރަތަމަ މަސައްކަތްކުރީ އީރާނުން 86،000 އަށް ވުރެ ގިނަ މީހުން ޙައްޖަށް ފޮނުވުމަށް ކަމަށެވެ. އެގޮތުން 86،700 މީހުން ޙައްޖަށްފިނުވުމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުންނަށް ޙައްޖަށް ދެވޭގޮތް ނުވީ މެދުއިރުމަތީގައި ހަނގުރާމަ ފެށުމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފައިސާ ފޮނުވުމަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުންނެވެ. އެހެން ކަމުން  މި ޢަދަދު މިހާރު ވަނީ 30،672 މީހުންނަށް މަދުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ތެހެރާން، މަޝްހާދު، އަދި ޒާހިދާން އެއާޕޯޓުންނެވެ. އިއްޔެއާ ހަމައަށް އީރާނުގެ 9،500 އަށް ވުރެ ގިނަ ޙައްޖުވެރިން ވަނީ 43 ފްލައިޓެއްގައި ސަޢުދީ އަރަބިއްޔާއަށް ގެންގޮސްފައެވެ.  

ގުޅުންހުރި ޚަބަރު