ދިވެހި|English 9 ޖުލައި 2026 · 03:57
Top banner
Advertisement
ކަރާޖުގެ ހަލާކުވެފައިވާ ބުރިޖަށް ބޭރުގެ ނޫސްވެރިން ޒިޔާރަތް ކޮށްފި
ދުނިޔެ

ކަރާޖުގެ ހަލާކުވެފައިވާ ބުރިޖަށް ބޭރުގެ ނޫސްވެރިން ޒިޔާރަތް ކޮށްފި

އއަހުމަދު މުހައްމަދު4 މޭ 2026
ކަރާޖުގެ ހަލާކުވެފައިވާ ބީ1 ބުރިޖަށް ބޭރުގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ޒިޔާރަތް ކޮށްފި ކަމަށް އިސްލާމިކް ރިޕްބަލިކް ނިއުސް އެޖެންސީން ބުނެފިއެވެ. ބޭރުގެ ނޫސްވެރިންނާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެބުރިޖަށް ޒިޔާރަތް ކޮށްފައިވަނީ މެއި މަހު ދެވަނަ ދުވަހުއެވެ. މިއީ އިޒްރޭލުން ބޮން އެޅުމުން ހަލާކުވެފައިވާ ބްރިޖެކެވެ. މި ޒިޔާރަތުގައި ނޫސްވެރީންގެ ގްރޫޕުން ވަނީ އެތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި ދިރާސާ ކޮށްފައެވެ. ނޫސްވެރިންގެ މި ގްރޫޕުގައި އެމެރިކާ، ރަޝިޔާ، ލުބުނާން، އަލްޖީރިއާ އަދި އެހެނިހެން ގައުމުތަކުގެ ނޫސްވެރިން ހިމެނެއެވެ. މި ގްރޫޕުން ވަނީ ބްރިޖުން ހަލާކުވެފައިވާ ތަންތަން ވަރަށް ރަނގަޅަށް ބަލައިފައި ކަމަށް ވެސް އިރްނާއިން ވަނީ ބުނެފައެވެ. މި ޒިޔާރަތުގައި އެމީހުން ވަނީ ފޮޓޯތަކާއި ވީޑިއޯތައް ނަގައިފައެވެ. އަދި  އެމީހުންވަނީ އެތަނަށް ލިބިފައިވާ ގެއްލުންތަކުގެ ރިޕޯޓްތައް ވެސް ހަދައިފައެވެ. ހުޅަނގު އޭޝިއާގެ އެންމެ ބޮޑު ކަމަށް ބެލެވޭ ބީ1 ބްރިޖުގެ އުސްމިނަކީ 136 މީޓަރެވެ. ކަރާޖުގެ ބިލާގަން ކޯރު ހުރަސްކޮށް 1،050 މީޓަރު ދިގަށްދެމިފައިވާ މި ބްރިޖަކީ ޝާހިދު ސުލައިމާނީ ހައިވޭގެ ބައެއްވެސް މެއެވެ. މި ބްރިޖަކީ އީރާނުގެ އިންޖިނިއަރިންގެ މަސައްކަތުގެ ބޮޑުކާމިޔާބެއް ކަމަށް ބެލެވޭ ތަނެކެވެ. އެމެރިކާއާއި އިސްރާއީލު ސިފައިން ވަނީ ވައިގެ މަގުން ތިން ފަހަރެއްގެ މަތިން ބްރިޖަށް ހަމަލާދީ ބްރިޖުގެ އޮނިގަނޑަށް ބޮޑެތި ގެއްލުންދިފައެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 13 މީހުން ޝަހީދުވެ، 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މިއީ މިއަހަރުގެ ކުރީކޮޅު ހުޅުވަން ހަމަޖެހިފައި އޮތް ބްރިޖެކެވެ. އެހެން ނަމަވެސް ހުޅުވުމުގެ ކުރިން މިހާރުމިވަނީ އަލުން އިމާރާތް ކުރަން ޖެހިފައެވެ.  

ގުޅުންހުރި ޚަބަރު