ދިވެހި|English 9 ޖުލައި 2026 · 03:56
Top banner
Advertisement
ނުގޮވާހުރި ހަތިޔާރުތަކެއް ގޮވައި ސާދަ މެމްބަރަކު ޝަހީދު ވެއްޖެ
ދުނިޔެ

ނުގޮވާހުރި ހަތިޔާރުތަކެއް ގޮވައި ސާދަ މެމްބަރަކު ޝަހީދު ވެއްޖެ

އއަހުމަދު މުހައްމަދު4 މޭ 2026
އީރާނުގެ ހުޅަނގު އުތުރުގެ ޒަންޖަން ޕްރޮވިންސްގައި ދާދި ފަހުން ހިންގި "ކްލިއަރެންސް އޮޕަރޭޝަނެއް" ގައި އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ)ގެ 14 ސިފައިން ޝަހީދު ވެއްޖެއެވެ. އެ މީހުން ޝަހީދުވީ ހަނގުރާމައިގައި އެމެރިކާ-އީރާނުން ބޭނުންކޮށްފައިވާ ހަތިޔާރުތަކުގެތެރެއިން  ނުގޮވައިހުރި ހަތިޔާރު ނައްތާލަން އުޅުމުގެތެރޭގައި ކަމަށް އިރްނާއިން ބުނެފައިވެއެވެ. ޒަންޖަން އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ސާދަ މީހަކު ޝަހީދުވުމުގެ އިތުރުން ދެ މީހަކަށްވަނީ އަނިޔާވެފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. ސިފައިން އެތަކެތި ނިއުޓްރަލައިޒް ކުރަން އުޅުނީ އޭގެ ސަބަބުން ދަނޑުބިންތައް ހިމެނޭ ގޮތަށް 1،200 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ތަޣައްޔަރުވަމުންދާތިއެވެ. ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން މަނާކޮށްފައިވާ މިފަދަ ހަތިޔާރުތަކުން އެތައް އަހަރެއްވަންދެން ހަލާކުނުވެ ހުންނަ ޒާތުގެ ނުރައްކާތެރި ބާވަތްތަކެއް ބޭރުވެއެވެ. މީގެ ގިނަ ޑިވައިސްތަކަކީ ވަރަށް ނާޒުކު އަދި ބިމުގެ އަޑީގައި ވަޅުލެވިފައިވާ އެއްޗެއް ކަމުން އެ ދެނެގަތުމަށް ކުރާ މަސައްކަތަކީ އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް ބަޔާނުގައިވެއެވެ. އެ ބަޔާނުގައިވާ ގޮތުން އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ހަމަލާތައް ހުއްޓާލި ފަހުން ސްޕެޝަލައިޒްޑް ޓީމުތަކުން ވަނީ ގޮވާފައި ނުވާ 15،000 އަށް ވުރެ ގިނަ ވަޒަން ސާފުކޮށްފައެވެ.  

ގުޅުންހުރި ޚަބަރު