ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޝިންޖިއާންގެ ދެ އުފެއްދުމެއް އެމެރިކާއަށް އެތެރެ ކުރުން މަނާކޮށްފި
ދުނިޔެ

ޝިންޖިއާންގެ ދެ އުފެއްދުމެއް އެމެރިކާއަށް އެތެރެ ކުރުން މަނާކޮށްފި

އއަހުމަދު މުހައްމަދު5 އޮކްޓޯބަރު 2024
ޗައިނާގައި އުފައްދާ ބައެއް މުދާތައް އެމެރިކާއަށް އެތެރެ ކުރުން އަނެއްކާވެސް މަނާކޮށްފިއެވެ. މިކަން މިމަގަށް ކުރަން ނިންމީ ޗައިނާއިން އިންސާނީ ހައްގުތަކާ ހިލާފުވާކަމަށް ބުނެއެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން އިޢުލާން ކުރިގޮތުގައި، ޝިންޖިއާންގައި ދަގަނޑު އުފައްދާ ކުންފުންޏެއްގެ އުފެއްދުމާއި އާޓިފިޝަލް ސްވީޓްނަރ އުފައްދާ ކުންފުންޏަކުން މުދާ އެތެރެކުރުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ. ޝިންޖިއާނަކީ އެމެރިކާއިން ބުނާ ގޮތުގައި ގަދަކަމުން މުސްލިމުންތަކެއް ބަންދުކޮށްގެން އެމީހުން ލައްވައި މުދާ އުފައްދާ ސަރަހައްދެކެވެ. މި މުދާތައް އެމެރިކާއަށް ވެއްދުން މަނާކޮށްފައި ވަނީ، އުއިގޫރު ފޯސްޑް ލޭބަރ ޕްރިވެންޝަން އެކްޓްގެ ދަށުންނެވެ. ޗައިނާގައި މުސްލިމުން ޙިމާޔަތް ކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރާއިރު ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މަރުވެފައިވާ އަދި މަރުވަމުންދާ ކޮންމެ ދިހަ މުސްލިމުންގެ ތެރޭން ހަތް މީހަކީ، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރުން މަރުވާ މީހެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން 2021 ވަނަ އަހަރު ނިމުނުއިރު ސޮއިކުރެއްވި ފެޑެރަލް ގާނޫނަކީ ޝިންޖިއާންގެ އުއިގޫރު މުސްލިމު ނަސްލުގެ މެމްބަރުންނާއި އެހެން މުސްލިމް މައިނޯރިޓީތަކާ ދެކޮޅަށް ޗައިނާ ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފުވާ ކަމަށް ތުހުމަތު ކޮށް ފާސްކޮށްފައިވާ ޤާނޫނެކެވެ. އެމެރިކާއިން ކުރާ ތުހުމަތުތަކަކީ، ދޮގު ވާހަކަތަކެއް ކަމަށް ބުނެ ޗައިނާ ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.

ގުޅުންހުރި ޚަބަރު