ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފާއިތުވި 24 ގަޑިއިރުތެރޭ 28 ބޯޓެއް ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފި
ދުނިޔެ

ފާއިތުވި 24 ގަޑިއިރުތެރޭ 28 ބޯޓެއް ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފި

މމުހައްމަދު އަލީ31 މޭ 2026
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި ކޮންޓެއިނަރު އުޅަނދުފަހަރު ހިމެނޭ ގޮތަށް 28 ބޯޓު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށް އައިއާރްޖީސީ ނޭވީން ބުނެފިއެވެ. އައިއާރްޖީސީ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރިސީ ގަލްފު އަކީ އެ ސަރަހައްދުގެ މުސްލިމް ގައުމުތަކަށް ނިސްބަތްވާ ކަނޑުމަގު ކަމަށަށެވެ. އެހެންނަމަވެސް އެމެރިކާ އަސްކަރިއްޔާގެ ހަމަލާތަކާއި ފަސާދައިގެ ސަބަބުން ކަނޑުއޮޅިއަށް ނުރައްކާވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކަނޑުގެ ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް އީރާނުން ވަނީ އިންޒާރު ދީފަ އެވެ. ޚަތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކްއޯޓަރޒް އިން ބުނީ ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރާއިރު ހުރިހާ ވިޔަފާރި އުޅަނދުތަކާއި ތެޔޮ ޓޭންކަރުތަކާއި އެހެނިހެން އުޅަނދުފަހަރު ވެސް ކަނޑައަޅާފައިވާ މަގުތައް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކަނޑުމަގުން ދަތުރު ކުރުމަށް ހުރިހާ އުޅަނދެއް ވެސް އައިއާރްޖީސީ ނޭވީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ހިންގުމަށް ނުވަތަ ބެލެހެއްޓުމަށް ނުފޫޒު ފޯރުވަން އަސްކަރީ އުޅަނދުފަހަރުން މަސައްކަތް ކޮށްފި ނަމަ ވަރުގަދަ ރައްދެއް އެފަރާތްތަކަށް ދޭނޭކަމަށް އީރާނުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު