ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ސުލްޙަ ބިނާވެފައި އޮންނަނީ ބާރުގެ ބެލެންސްގެ މައްޗަށް: ވަލަޔާތީ
ދުނިޔެ

ސުލްޙަ ބިނާވެފައި އޮންނަނީ ބާރުގެ ބެލެންސްގެ މައްޗަށް: ވަލަޔާތީ

މމުހައްމަދު އަލީ6 ޖޫން 2026
ދާއިމީ ސުލްހައެއް ގާއިމް ކުރެވޭނީ ހަމައެކަނި ބާރުގެ ބެލެންސް އަކުން ކަމަށް އީރާނުގެ އިންޤިލާބީ ލީޑަރުގެ އެޑްވައިޒަރު އަލީ އަކްބަރު ވެލަޔަތީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އީރާން ދުނިޔޭގެ ބޮޑުބާރަކަށް ވެދާނޭ ކަމަށް ހުޅަނގުގެ ތިއޮރިސްޓުންނަށްއޮތް ބިރު މިހާރުވަނީ ހަގީގަތަކަށް ވެފައި ކަމަށެވެ. ވަލަޔާތީ ވިދާޅުވީ އީރާނުގެ ނުފޫޒު ހުޅަނގުގެ މީޑިއާތަކުން މިހާރު ގަބޫލު ކުރާ ކަމަށެވެ. އެކަން ރޮއިޓާސް އާއި ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއިން ދޭހަވަނީ އީރާނަށް ބިރު ދެއްކުމުގެ ސިޔާސަތު ފެއިލްވެފައިވާކަން ކަމަށް ވެސް ވިދާޅުވިއެވެ. މިވާހަކަތައް ދައްކަވަމުން އޭނާ ވަނީ ސަރަހައްދީ ގައުމުތަކަށް އިންޒާރުވެސް ދީފައެވެ. "ބާރުގެ ޖޮމެޓްރީގެ އާ އާކިޓެކްޗަރ ބިނާ ކުރާނީ ހީރޯއިކް ރެސިސްޓެންސް ބަލިކަށި ކުރުމުގެ މައްޗަކަށް ނޫން،" އޭނާ ވިދާޅުވި އެވެ. "ޑިޕްލޮމެޓިކް ވިޝްފުލް ތިންކިން އަކީ ވަރަށް ބޮޑު އަގެއް އުފުލަން ޖެހޭ ކަމެއް، އަދި ދެމެހެއްޓެނިވި ސުލްހަ އުފެދިގެން އަންނަނީ ބާރުގެ ބެލެންސްގެ ތެރެއިން، ތާއީދު ނުކުރާ ވައުދުތަކުގެ އަވާމެންދުރަކުން ނޫން،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ލުބްނާނުގެ ރައީސް ޖޯސެފް އައޫން އަށް އަމާޒު ކުރައްވައި ދެއްކެވި ވާހަކަފުޅެއް ކަމަށް ދިރާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އައޫން ވަނީ އެމެރިކާއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ލުބްނާން ބޭނުން ކުރަނީ "ބާގެއިނިން ޗިޕް" އެއް ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވައިފައެވެ.  

ގުޅުންހުރި ޚަބަރު