ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޕާކިސްތާނުގެ އެންމެ ކާމިޔާބު ފިލިމް އިންޑިއާގައި ދެއްކުން މަނާ
ދުނިޔެ

ޕާކިސްތާނުގެ އެންމެ ކާމިޔާބު ފިލިމް އިންޑިއާގައި ދެއްކުން މަނާ

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2024
ޕާކިސްތާނުގައި އެންމެ ބާރަށް ހިނގި ފިލްމު އިންޑިއާގައި ދެއްކުން މަނާ ކޮށްފިއެވެ. އިންޑިއާގައި އެފިލްމުގެ ޑިސްޓްރިބިއުޓާ ޒީ އިންޑިއާއިން ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ހުއްދަ ނުދިނުމުން ފިލްމު ދެއްކުން މަޑު ޖައްސާލާފައިވާ ކަމަށެވެ. ޕަންޖާބުގައި ދެއްކުމަށް ސިނަމާތަކުން ތައްޔާރުވި މި ފިލްމަކީ، ޕާކިސްތާންގައި 1979 ގައި އުފެއްދި ފިލްމެއްގެ ރިމޭކެކެވެ. އެއީ މައުލާ ޖާޓް ނަމަކަށް ކިޔާ ފިލްމެކެވެ. މިއީ ޕާކިސްތާންގެ ފިލްމީ ތާރީޚުގައި އެންމެ މަޤްބޫލު ފިލްމެވެ. މިފިލްމު އިންޑިއާގައި ދައްކަން އުޅޭކަން އެނގުމުން މުމްބާއިގައި ހިންދޫން ވަނީ މުޒާހަރާތައް ބާއްވާފައެވެ. އެއަށްފަހު ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ ޕާކިސްތާން ފިލްމު ދައްކަން ހުއްދަ ނުދޭނެ ކަމަށެވެ. ޕާކިސްތާންގައި ބޮލީވުޑް ފިލްމުތަކާއި ޕަންޖާބު ފިލްމުތައް މަޤްބޫލެވެ. އިންޑިއާއިން ވަނީ 2016ން ފެށިގެން ޕާކިސްތާން އެކްޓަރުން އިންޑިއާގެ ފިލްމުތަކުގައި ތަމްސީލު ކުރުން މަނާ ކޮށްފައެވެ. އަދި 2019ން ފެށިގެން ޕާކިސްތާނުން ވަނީ އިންޑިއާގެ ފިލްމުތައް އެޤައުމުގައި ދެއްކުން މަނާ ކޮށްފައެވެ.

ގުޅުންހުރި ޚަބަރު