ދިވެހި|English 9 ޖުލައި 2026 · 02:25
Top banner
Advertisement
އީރާނުގެ އާސާރީ ތަންތަން އާބާތުރަ ފިލުވައިދޭން ރަޝީޔާ ތައްޔާރު
ދުނިޔެ

އީރާނުގެ އާސާރީ ތަންތަން އާބާތުރަ ފިލުވައިދޭން ރަޝީޔާ ތައްޔާރު

ޟޟަމްރަތު އަހްމަދު14 ޖޫން 2026
މިނިސްޓްރީ އޮފް ކަލްޗަރަލް ހެރިޓޭޖް، ޓޫރިޒަމް އެންޑް ހޭންޑީفޓްސްގެ ސެންޓަރ ފޮރ އިންޓަރނޭޝަނަލް އެފެއާޒް އެންޑް ޑިޕްލޮމަސީގެ ވެރިޔާ އަލްއުސްތާޛު ޙުޖަތުالله އައްޔޫބީ. އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި ގެއްލުން ލިބުނު އީރާނުގެ އާސާރީ ތަންތަން އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވާން ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށް އީރާނުގެ މިނިސްޓްރީ އޮފް ކަލްޗަރަލް ހެރިޓޭޖް، ޓޫރިޒަމް އެންޑް ހޭންޑީކްރާފްޓްސްގެ ސެންޓަރ ފޯ އިންޓަނޭޝަނަލް އެފެއާޒް އެންޑް ޑިޕްލޮމަސީގެ ވެރިޔާ ހުޖަތުالله އަޔޫބީ ވިދާޅުވެއްޖެ އެވެ. "އެކި ޕްރޮގްރާމްތަކުގެ ތެރެއިން އީރާނުގެ ސަގާފަތާއި އާޓް، ތާރީކާޚާއި ސަގާފީ ތަރިކަ ރައްކާތެރި ކޮށްދިނުމުގެ ރޫޙެއް ރަޝިޔާގެ އޮފިޝަލުންގެ މެދުގައި އެބައޮތް،" ރަޝިއާގައި ބޭއްވި ހަވަނަ އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމްގެ ހަވާސާގައި އައިއާރްއެންއޭ އަށް ދެއްވި އިންޓަވިއުއެއްގައި އަޔޫބީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ އާސާރީ ބިނާތައް އަލުން އާރާސްތުކުރުމަށް މިހާރުން މިހާރަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތައް އީރާނަށް ފޮނުވަން ރަޝިޔާއޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް ރަޝިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށާއި އީރާނަށް  ދަތުރު ކުރެއެވެ. އަޔޫބީ ވިދާޅުވީ އޭނާ ރަޝިއަށް ކުރެއްވި މި ދަތުރުގައި 2026 އިން 2028 އަށް ތެހެރާން-މޮސްކޯ ޓޫރިޒަމް ކޯޕަރޭޝަންގެ އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ. ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. އީރާނުގެ މިނިސްޓްރީ އޮފް ކަލްޗަރަލް ހެރިޓޭޖް، ޓޫރިޒަމް އެންޑް ހޭންޑްރާފްޓްސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޯލްޑް ހެރިޓޭޖް ސައިޓްސް ފަރުހާދު އަޒީޒީ ވިދާޅުވީ، އިޒްރޭލާއި، އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެކި ޕްރޮވިންސްތަކުގައި ހުރި 56 ދާރުލްއާސާރުތަކާއި ތާރީހީ ބިނާތަކާއި ސަގާފީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ތެހެރާން ޕްރޮވިންސްގެ ގޮލެސްތާން ޕެލަސް، ތެހެރާންގެ ތާރީޚީ އާގް، ތެހެރާން ގްރޭންޑް ބާޒާރު، މާބްލް ޕެލަސް، ޝަހްރްބާނީ މެންޝަން، ކުރީގެ ސެނެޓް ބިލްޑިންގ، ސެޕަހްސަލާރް މިސްކިތް އަދި ފަރަހްއާބާދު ޕެލަސް މިއުޒިއަމް ފަދަ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަޒީޒީ ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ އިސްފަހާން ޕްރޮވިންސްގެ ނަގްޝް ޖަހާން ސްކޮޔާ ކޮމްޕްލެކްސް އާއި ޗެހެލް ސޮތޫން ޕެލަސް އާއި އައްބާސީ ގްރޭންޑް މިސްކިތް އަދި އިސްފަހާންގެ ބައެއް ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.  

ގުޅުންހުރި ޚަބަރު