ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އުއިގޫރު މުސްލިމުން ހަނާވާތީ ނުތަނަވަސްކަން އުފެދޭ
ދުނިޔެ

އުއިގޫރު މުސްލިމުން ހަނާވާތީ ނުތަނަވަސްކަން އުފެދޭ

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2024
ޗައިނާގެ އިރުމަތީ ތުރުކިސްތާނުގެ އުއިގޫރު ޖަމާއަތަށް ޗައިނާއިން ކުރަމުންދާ އަނިޔާ އިތުރުވަމުންދާކަމަށް ބުނެ އުއިގޫރު ހައްގުތަކާ ބެހޭ ޖަމިއްޔާތަކުގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. ސެންޓަރ ފޯ އުއިގޫރު ސްޓަޑީޒް (ސީޔޫއެސް) އިން ވަނީ އުއިގޫރު މީހުންގެ ޙައްޤުގައި ދެކުނު ކޮރެއާއާއި ޖަޕާނުން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފް ކޮށްފައެވެ. ސެންޓަރ ފޯ އުއިގޫރު ސްޓަޑީޒް އިން އިތުރަށް ބުނީ އިރުމަތީ ތުރުކިސްތާން ސަރަހައްދުގައި އުއިގޫރު ނަސްލީ މައިނޯރިޓީއާ ދެކޮޅަށް ޗައިނާ ސަރުކާރުން 2017 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތައް އަދިވެސް އެގޮތަށް ކުރިއަށްދާ ކަމަށެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އިރުމަތީ ތުރުކިސްތާނު ކަމަށް ބުނާ ޝިންޖިއާން ސަރަހައްދުގައި ޗައިނާއިން ހިންގާ އިސްލާޙިއްޔާ ތަކަކީ، މުސްލިމުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކޮށް ޗައިނާ ބަހާއި ސަގާފަތާއި ކޮމއުނިސްޓު އުސޫލު ކިޔަވައި ދިނުމަށް މުހިންމު ޕްރޮގްރާމުތަކެއް ހިންގާ ތަންތަން ކަމަށެވެ. ނަމަވެސް މި ކޭމްޕްތަކުގައި އުއިގޫރުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް، މުސާރަ ނުލިބޭ އެކިއެކި މަސައްކަތްތައް ކުރަން މަޖުބޫރުކޮށް، ކޮމިއުނިސްޓް ޕާޓީއަށް ވަފާތެރިވުމަށާއި، ޤުރުއާނާއި ނަމާދާއި ރޯދަ ފަދަ އަޅުކަން ނުކުރުމަށް މަޖުބޫރުކުރާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ސީޔޫއެސްއިން ބުނާ ގޮތުގައި ސްކޫލުގައި އުއިގޫރު ކުދިންނަށް ވެސް ގިނަ ފަހަރަށް އެހެން ދަރިވަރުންގެ ފަރާތުން ގަނާ ކުރުމާވެސް ކުރިމަތިލާން ޖެހެއެވެ.

ގުޅުންހުރި ޚަބަރު