ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ޖަލު މީހުންނަށް ބާސްމަތީ ހަނޑުލުގެ ބިރިޔާނީ ކާން ދެނީ
ދުނިޔެ

ޖަލު މީހުންނަށް ބާސްމަތީ ހަނޑުލުގެ ބިރިޔާނީ ކާން ދެނީ

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2024
އިންޑިއާގެ ވެސްޓް ބެންގޯލްގައި ފާހަގަކުރާ ދުރުގާ ޕޫޖާގެ މުހިންމު ފެސްޓިވަލްގައި ޖަލު ބަންދުގައި ތިބި ގައިދީންނަށް ބާސްމަތީ ހަނޑުލުން ކައްކާފައިވާ މަޓަން ބިރިޔާނީ ދިނުމަށް ޖަލުތަކާ ބެހޭ އިދާރާއިން ނިންމައިފިއެވެ. ވެސްޓް ބެންގޯލްގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނެފައި ވަނީ އޮކްޓޫބަރު 9 ން 12އަށް ފާހަގަ ކުރާ ފެސްޓިވަލާ ދިމާކޮށް ގައިދީންނަށް މީރުކޮށް ކައްކާނީ އެކަމަށް ތަމްރީނުކޮށްފައިވާ ގައިދީން ކަމަށެވެ. ވެސްޓް ބެންގޯލްގައި ދުރުގާ ޕޫޖާ ފާހަގަ ކުރާއިރު އެއްގަމު މަސް ހިމެނޭ ކާނާ ހުރުމަކީ ކޮންމެހެންވެސް ލާޒިމު ކަމެކެވެ. ޖަލު އިދާރާއިން އިތުރަށް ބުނެފައި ވަނީ އެކި ދުވަސްދުވަހަށް ތައްޔާރުކޮށްފައިވާ މެނޫތައް ހިމެނޭ އިރު ބައެއް ދުވަސްދުވަހު ޑިނގާ ރިހަވެސް ހުންނާނެ ކަމަށެވެ. އަދި ވެޖު ކާނާ ބޭނުން މީހުންނަށް ވެޖު ކާނާވެސް ލިބޭނެ ކަމަށެވެ. ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަރްޖީއަކީ އިސްލާމީ ތާރީޚާބެހޭ ގޮތުން މާސްޓަރޒް ހައްދަވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ޚަބަރު