ދިވެހި|English 9 ޖުލައި 2026 · 02:20
Top banner
Advertisement
އީރާން ވަނީ ދެ ހަނގުރާމައިން ވެސް ކާމިޔާބު ހޯދާފައި: މޮހޮސެނީ
ދުނިޔެ

އީރާން ވަނީ ދެ ހަނގުރާމައިން ވެސް ކާމިޔާބު ހޯދާފައި: މޮހޮސެނީ

މމުހައްމަދު އަލީ23 ޖޫން 2026
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުން އީރާނާ ދެކޮޅަށް ދެ ހަނގުރާމައެއް ކޮށްފައިވާ ކަމަށް އީރާނުގެ ޖުޑިޝަރީގެ ވެރިޔާ ގުލާމް ހުސައިން މުހްސެނީ-އިޖެއި ވިދާޅުވެއްޖެއެވެ. ސުޕްރީމް ކައުންސިލް އޮފް ދަ ޖުޑިޝަރީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހްސެނީ ވިދާޅުވީ އިޒްރޭލާއި އެމެރިކާ ބަލިކުރުމުގައި އީރާނުން ވަނީ ކާމިޔާބު ހޯދާފައި ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ އެއްބައިވަންތަކަން ފެނި ދުޝްމަނުންނާއި އިދިކޮޅު ފަރާތްތައް ވަނީ މާޔޫސްވެފައި ކަމަށެވެ. އެފަރާތްތަކުން މަސައްކަތް ކުރަނީ އީރާނުގެ އެ އެއްބައިވަންތަކަމުގެ ގުޅުން ނައްތާލަން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެފުރުސަތު އީރާނުން ނުދޭނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުފުރެދިފައިވާ މީހުން، ދުޝްމަނުންގެ ހިތް ރުއްސަން ބުނަމުންދާ ބައެއް ބަސްތަކުގެ ސަބަބުން އީރާނުގެ އެތެރޭގައި ފިތުނަފަސާދައާއި ބައިބައިވުން އުފެދިފައިވާ ކަމަށް ދުޝްމަނުންނަށް ހީވެދާނެތީ ކަންބޮޑުވާކަމަށެވެ. އެހެންނަމަވެސް އީރާނުގެ ރައްޔިތުން ތިބީ ޙައްޤު ގޮތުގައި އާޔަތުالله ސައްޔިދު މުޖުތަބާ ޚާމަނާއީއަށް ފުރިހަމައަށް ކިޔަމަންތެރިވުންމަތީގައި ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމެރިކާއަކީ 47 އަހަރު ވަންދެން އީރާނާ ދެކޮޅަށް ފާޅުގައި ހަނގުރާމަ ކުރަމުން އައި ގައުމެއް ކަމަށެވެ. އެހެން ކަމުން އެއްވެސް ހާލެއްގައި އެމެރިކާއަކީ އިތުބާރު ކުރެވޭ ގައުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ތަކުރާރުކޮށް އޭނާ ވިދާޅުވީ އީރާނުގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ފެނި ދުޝްމަނުންގެ ރުޅިވެރިކަން އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ދުޝްމަނުންގެ ހިތް ނުތަނަވަސް ކުރުވާ އެއް ކަމަކީ އީރާނުގެ ލީޑަރުގެ އިރުޝާދުގެ ދަށުން މުޅި ގައުމު އެއްބައިވަންތަކަމާއެކު ރުކުރާލެވިފައިވުން ކަމަށެވެ.

ގުޅުންހުރި ޚަބަރު