ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޓެރަރިސްޓުންގެ ލިސްޓުން ތާލިބާން އުނިކުރާނަން: ރަޝިޔާ
ދުނިޔެ

ޓެރަރިސްޓުންގެ ލިސްޓުން ތާލިބާން އުނިކުރާނަން: ރަޝިޔާ

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2024
ތާލިބާން ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ނޫން ކަމަށް ރަޝިޔާއިން ޤަބޫލު ކޮށްފިއެވެ. ރަޝިޔާގެ ރައީސްގެ މަންދޫބު ޒަމީރު ކާބުލޯވް ވަނީ ކާބުލްއަށް ވަޑައިގެން ތާލިބާންގެ ލީޑަރުންނާއެކު މަޝްވަރާތައް ބާއްވަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ރަޝިޔާއިން ޓެރަރިސްޓުންގެ ލިސްޓުން ތާލިބާން އުނިކުރާނެ ކަމަށެވެ. އަދި މޮސްކޯއިން ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެމެރިކާ ގިއްގަޅުވާލުމަށްފަހު ކާބުލް ހިފައިގެން އިސްލާމީ ޖުމްހޫރިއްޔާ ޤާއިމް ކުރި ތާލިބާނާ ގުޅުން އުފެއްދި އެންމެ ފުރަތަމަ ޤައުމަކީ ރަޝިޔާއެވެ. ތާލިބާނަކީ އެމެރިކާއާ ދެކޮޅަށް 20 އަހަރު ހަނގުރާމަ ކުރުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭރުކޮށްލި ވަރުގަދަ ޖަމާއެތެކެވެ.  

ގުޅުންހުރި ޚަބަރު