ދިވެހި|English 9 ޖުލައި 2026 · 02:21
Top banner
Advertisement
ޚާމަނާއިގެ ހަނދާންތަކުން އަންނަންއޮތް ޖީލުތަކަށް ހިތްވަރު ލިބޭނެ: ސަފީރު
ދުނިޔެ

ޚާމަނާއިގެ ހަނދާންތަކުން އަންނަންއޮތް ޖީލުތަކަށް ހިތްވަރު ލިބޭނެ: ސަފީރު

އއަހުމަދު މުހައްމަދު5 ޖުލައި 2026
އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ ޝަހީދު ކޮށްލިޔަސް އެމަނިކުފާނުގެ ހަނދާންތައް ނައްޔާ ނުލެވޭނޭ ކަމަށް އީރާނުން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. ޚާމަނާއީ ޝަހީދުކޮށްލުމަކީ އިޒްރޭލާއި އެމެރިކާއިން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. "މިނިވަން ވިސްނުންތެރި ޖަރުމަނު މީހުންނަށް" މުޚާޠަބު ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެހެން ގައުމެއްގެ ސިޔާސީ ބޭފުޅަކު ޝަހީދު ކޮށްލުމަކީ ނުވަތަ އަވަހާރަކޮށްލުމަކީ ނުވަތަ ގެއްލިގެން ދިއުމަކީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވަރަށް އާދައިގެ ކަމެއް ކަމަށް ވެދާނޭ ކަމަށެވެ. އެހެންނަމަވެސް އީރާނުގެ ކުރީގެ ލީޑަރ އާޔަތުالله ޢަލީ ޚާމަނާއީ އަކީ އެ އުސޫލާ ދެކޮޅު ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާނުގެ ސަފީރު ވިދާޅުވީ އެމީހުންގެ ކުރީގެ ލީޑަރު ޝަހީދުވުމުން އީރާނުން ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް އޭނާ ހިންގެވި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާ ކަމަށާއި އެފަދަ ތަހުޒީބު، އިލްމުވެރި، ދުރުވިސްނޭ ލީޑަރެއް ލިބިވަޑައިގަތުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ ލީޑަރަށް ދިން މިސައިލް ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އާދަކާދަތަކާއި އިންސާނީ ހައްގުތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އާޔަތުﷲ ޢަލީ ޚާމަނާއި ޝަހީދުކޮށްލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައެވެ. ޚާމަނާއީގެ ޖަނާޒާގައި ވިއްސަކަށް ލިޔަން މީހުން ބައިވެރިވިއެވެ.  

ގުޅުންހުރި ޚަބަރު