ދިވެހި|English 9 ޖުލައި 2026 · 13:13
Top banner
Advertisement
އިސްލާމްއާބާދު އެއްބަސްވުމާ އެމެރިކާއިން ޚިލާފު ވެއްޖެ: ބަޤާއީއީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޤާއީ /އިރްނާ
ދުނިޔެ

އިސްލާމްއާބާދު އެއްބަސްވުމާ އެމެރިކާއިން ޚިލާފު ވެއްޖެ: ބަޤާއީ

އިސްލާމްއާބާދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ އޮނިގަނޑާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޤާއީ ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު9 ޖުލައި 2026

އިސްލާމްއާބާދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ އޮނިގަނޑާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޤާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ޚިލާފުވެފައިވަނީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގެ ފަސް ވަނަ މާއްދާއާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެމާއްދާގައި ހިމެނެނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރު ކުރުމުގައި އީރާނުގެ ޒިންމާގެ ވާހަކައެވެ.

ފުރަތަމަވެސް މިއެއްބަސްވުން ބިނާކޮށްފައިވަނީ އިތުބާރުގެ މައްޗަށް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ އެއްބަސްވުން އޮތީ ކަމަކަށް ކަމެއް ކުރުމުގެ އުސޫލުގެ މައްޗަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަން އެހެންވީ އެމެރިކާގެ އަމަލުތަކުގައި ހެޔޮކަމުގެ އެއްވެސް ނިޝާނެއް ނެތުމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކޮންމެ ގޮތެއްވިޔަސް އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށާއި އެ ގައުމުގެ ސިޔާދަތު ދެމެހެއްޓުމަށް އީރާނުން މަސައްކަތް ކުރާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ދެކުނުގެ ހޮރްމޮޒްގާން ޕްރޮވިންސާއި މަހްޝަހަރު ސިޓީގެ ގޮނޑުދޮށްތަކަށް އަސްކަރީ ހަމަލާތަކެއް ވެސް ދީފައެވެ.

އީރާންނަޑައްލާހަނބުރާމަ

ގުޅުންހުރި ޚަބަރު