ސަރަހައްދީ ހަމަނުޖެހުން ކުޑަކޮށް ރައްކާތެރިކަމާއި ހަމަޖެހުން ގާއިމް ކުރުމާ ބެހޭގޮތުން ޤަޠަރާއި ޔޫއޭއީގެ ފޮރިން މިނިސްޓަރުން މަޝްވަރާކޮށްފިއެވެ.
ޤަޠަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީއާއި ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުالله ބިން ޒައިދު އަލް ނަހްޔާން އާ ދެބޭފުޅުން މި މަޝްވަރާ ކުރެއްވީ ފޯނުން ކަމަށެވެ.
މި ދެބޭފުޅުންގެ މަޝްވަރާގައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ގާއިމްކޮށްފައިވާ އެމްއޯޔޫ ތަންފީޒު ކުރުމާބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ޝެއިޚް މުހައްމަދު ވިދާޅުވީ އެ އެމްއޯޔޫ ތަންފީޒު ކުރުމަށް ހުރިހާ ފަރާތަކުންވެސް މަޝްވަރާ ކުރުމާއި ޑިޕްލޮމަސީގައި ބައިވެރިވާން ޖެހޭ ކަމަށެވެ.
އޭނާ ވަނީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކޮށް، ސަރަހައްދީ ސުލްހަ ގާއިމް ކުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ދޯހާ އިން ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.





