ދިވެހި|English 13 ޖުލައި 2026 · 15:06
Top banner
Advertisement
އީރާން ބައްޔެއް ނުކުރެވޭނެ ގެއްލުންވާނީ ހަމަލާދިން ގައުމުތަކަށް: ޔަމަން
ދުނިޔެ

އީރާން ބައްޔެއް ނުކުރެވޭނެ ގެއްލުންވާނީ ހަމަލާދިން ގައުމުތަކަށް: ޔަމަން

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާތައް ދީގެން އެ ދެ ގައުމުގެ މަގުސަދު ހާސިލް ނުވާނޭ ކަމަށް ޔަމުން ބުނެފިއެވެ.

ޟޟަމްރަތު އަހްމަދު13 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާތައް ދީގެން އެ ދެ ގައުމުގެ މަގުސަދު ހާސިލް ނުވާނޭ ކަމަށް ޔަމުން ބުނެފިއެވެ.

ލުބްނާނުގެ އަލް މަޔާދީން ޓީވީ މެދުވެރިކޮށް ޔަމަނުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހަމާލާދީގެން އީރާން ބަލިވުމުގެ ބަދަލުގައި އޭގެ ހުރިހާ ގެއްލުމެއްވާނީ ހަމަލާ ދިން މީހުންނަށާއި ދުނިޔޭގެ އިގުތިސާދަށް ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ އީރާނުގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށް އެގައުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއަށް ފުރިހަމައަށް ތާއިދު ކުރާކަމަށެވެ. އަމިއްލަ ދިފާއުގައި ހަމަގުރާމަ ކުރުމަކީ އީރާނަށް ވެސް ލިބިފައިވާ ފުރިހަމަ ހައްގެއް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ސަރަހައްދީ ތަރައްގީގައި ޔަމަނާއި އިރާނުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. ތަރައްގީގެ ދާއިރާނޫނަސް ޔަމަނުން ބޭނުންވެއްޖެ ހިނދެއްގައި އެގައުމަށް އިތުރުގޮތްތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާން ނެރުނީ އީރާނާއި އެމެރިކާ ދެމެދު އެއްބަސްވުމެއް އޮއްވައި އެމެރިކާއިން އީރާނާ  ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުންނެވެ. އީރާނުން ވެސް ވަނީ ދިފާއުގައި ހަމަލާތައް ދޭން ފަށައިފައެވެ.

 

އީރާން

ގުޅުންހުރި ޚަބަރު