ދިވެހި|English 13 ޖުލައި 2026 · 15:08
Top banner
Advertisement
އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް ދިފާއީ ނިޒާމެއް ގާއިމް ކުރަން ގޮވާލައިފި
ދުނިޔެ

އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް ދިފާއީ ނިޒާމެއް ގާއިމް ކުރަން ގޮވާލައިފި

ޟޟަމްރަތު އަހްމަދު13 ޖުލައި 2026

އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ދިފާއީ ނިޒާމެއް ގާއިމް ކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވެބަރ ގޮވާލައިފިއެވެ.

އޭނާއާ ހަވާލާދީ ރަޝިއާގެ އާރްއައިއޭ ނޮވޮސްޓީ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫރަޕްގެ ގައުމުތަކާ ތަކުރާރުކޮށް ކުރިމަތިލުންތަކެއް ހިންގަވާފައިވާ ކަމަށެވެ. އެފަދަ ކުރިމަތިލުންތައް ކުރިއަށް ދާނެ ކަމުގެ އިންޒާރު ވެސް ޓަރަމްޕް ދެއްވާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ވެބަރ ވިދާޅުވެފައިވަނީ އެމެރިކާގެ ކިބައިން ޔޫރަޕް މިނިވަންވާން ޖެހޭ ކަމަށެވެ. މިއީ ވަރަށް ސާފުކޮށް އެނގެންއޮތް ކަމެއް ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ މާނައަކީ ޔޫރަޕްގެ ގައުމުތަކުން މިހާރުވަނީ އެ ގައުމުތަކުގެ ދިފާއީ އޮނިގަނޑުތައް ބިނާ ކުރަންޖެހިފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޔޫރަޕިއަން ޕީޕަލްސް ޕާޓީގެ ލީޑަރުކަން ކުރައްވާ ވެބަރ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކުން ދިފާއީ އިންވެސްޓްމަންޓްތައް ކުރިއަށް ގެންގޮސްފި ނަމަ، ހަމަހަމަ އުސޫލަކުން އެމެރިކާއާ އެކު މަޝްވަރާ ކުރެވޭނެ ކަމަށެވެ. ނަމަވެސް، ޔޫރަޕްގައި 27 ޤައުމީ ލަޝްކަރެއް އެކުލެވިގެންވާހާ ހިނދަކު، އެފަދަ މަޤްޞަދެއް ޙާޞިލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ޔޫރަޕް

ގުޅުންހުރި ޚަބަރު