ދިވެހި|English 13 ޖުލައި 2026 · 16:24
Top banner
Advertisement
ސޯޝަލް މީޑިއާގައި ފަލަސްތީނަށް ތާއީދުކުރި ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި
ދުނިޔެ

ސޯޝަލް މީޑިއާގައި ފަލަސްތީނަށް ތާއީދުކުރި ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

ސޯޝަލް މީޑިއާގައި ފަލަސްތީނަށް ތާއީދުކޮށް ޕޯސްޓުކުރި ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ޟޟަމްރަތު އަހްމަދު13 ޖުލައި 2026

ސޯޝަލް މީޑިއާގައި ފަލަސްތީނަށް ތާއީދުކޮށް ޕޯސްޓުކުރި ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ. އޭނާ ވަނީ ޕަލަސްތީނަށް ތާއިދުކޮށް އިޒްރޭލުން ޣައްޒާގައި ހިންގާ ޖަރީމާތައް ކުށްވެރި ކޮށްފައެވެ. މި މައްސަލާގައި ވަޒީފާއިން ވަކިކޮށްފައިވަނީ ބޮސްނިއާގެ ޓީޗަރެއް ކަމަށްވާ ފާތިމާ ކުރްޓިކް އެވެ. އޭނާ ވަޒީފާ އަދާކުރަމުންއައިސްފައިވަނީ ލަގްޒެމްބާގްގައެވެ.

ކުރްޓިކް ބުނެފައިވަނީ އޭނާ މަގާމުން ވަކިކުރީ ފަލަސްތީނު މީހުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރުމުން ކަމަށެވެ. އަދި އޭނާ ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތަކަށް ފާޑުކިޔައިފައެވެ.

"އަހަރެން ވަޒީފާއިން ވަކިކުރީ ފަލަސްތީނަށް ތާއީދުކޮށް ހަނގުރާމައާ ދެކޮޅު ހެދުމުން،" އަނަޑޯލޫ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ. "އެކަމަކު ފަލަސްތީނާއި އެތާނގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެއްވެސް ބަޔަކަށް  ނުހުއްޓުވޭނެ،" އޭނާ ބުނެފައިވެއެވެ.

ކުރްޓިކް ބުނެފައިވަނީ މީހުން މެރުމާއި އަނިޔާ ކުރަމުން އަންނައިރު ޓީޗަރެއްގެ ހައިސިއްޔަތުންނާއި އިންސާނެއްގެ ހައިސިއްޔަތުން އޭނާ އަށް ހަނު ނުހުރެވޭނޭ ކަމަށެވެ.

 

ފަލަސްތީން

ގުޅުންހުރި ޚަބަރު