ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ތަޙުރީކޭ އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ލިސްޓުކުރަން އެދެފި
ދުނިޔެ

ތަޙުރީކޭ އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ލިސްޓުކުރަން އެދެފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2024
ޕާކިސްތާންގެ އިދިކޮޅު މައި ޕާޓީއަކީ ތަޙުރީކޭ އިންސާފް އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ލިސްޓު ކުރުމަށް ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް (ނ) އިން އެދެފިއެވެ. އިމްރާން ޚާންގެ ތަޙުރީކޭ އިންސާފު ޕާޓީން ވެރިރަށުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދިއުމާ ގުޅިގެން ސަރުކާރު ވަނީ ނުކުޅެދިފައެވެ. ސަރުކާރުން ތަކުރާރުކޮށް މުޒާހަރާ ނުކުރުމަށް އެދުމުންވެސް ޕީޓީއައި އިން ވަނީ މުޒާހަރާއަށް ނިކުމެފައެވެ. މިއަދު ބާއްވާފައިވާ މުޒާހަރާގައި ޚައިބަރު ޕަޚުތޫން ޚުވާގެ ޗީފް މިނިސްޓަރ އަލީ އަމީން ޣަންދާޕޫރުވެސް ވަނީ ހައްޔަރުކޮށްފައެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރ މަރްޔަމް ނަވާޒް ވިދާޅުވީ، ކުރިންވެސް އޭނާ ބުނެފައިވާނެ ފަދައިން ޕީޓީއައި އަކީ ޓެރަރިސްޓް ޖަމާޢަތެކެވެ. އެހެންވެ. ޕީޓިއައި ލިސްޓު ކުރަން ޖެހޭނީ ޓެރރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު