ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެމެރިކާގެ ވެރިންނާ ދެކޮޅަށް މައްސަލައެއް ނުހިންގޭނެ
ދުނިޔެ

އެމެރިކާގެ ވެރިންނާ ދެކޮޅަށް މައްސަލައެއް ނުހިންގޭނެ

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2024
ފަލަސްޠީނުގެ ނަސްލު ނައްތާލައި ގަތުލުއާންމަށް ވާގިވެރިވެގެން، އެމެރިކާގެ ރައީސް ބައިޑެންއާއި އޭނާގެ ޚާރިޖީ ވަޒީރާ ދެކޮޅަށް ކުރި ދައުވާއެއް ބެލުމަށް ޤާޒީ ވަނީ ދެކޮޅު ހައްދަވާފައެވެ. ބައިޑެންގެ ވެރިކަމުގައި އިޒްރޭލް ނަސްލު ނައްތާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ހަތިޔާރު ދިނުމުން، ފަލަސްތީނުގެ 2 މިލިއަން މީހުން ވަނީ އެމީހުންގެ ގެދޮރުން ބޭރުކޮށްލައި ވަޒަނުން ލުހެލާފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި އިޒްރޭލާ ދެކޮޅަށް ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާތައް އުފުލުމުގައި އިސްވެ ހަރަކާތްތެރި ވަނީ ފަލަސްޠީނަށް އުފަން ޤާނޫނީ ވަކީލު ޑާލިއާ ޝަމާސް އާއި އޭނާގެ އެކުވެރި ވަކީލުން ނެވެ. އެމީހުން ވަނީ އެމެރިކާގެ ކޯޓުތަކުގައިވެސް ބައިޑެންގެ ޖަރީމާތަކަށް ޝަރިއަތް ކުރުމަށް އެދި ދައުވާ ކޮށްފައެވެ. ހަނގުރާމައިގެ ޖަރީމާތަކުގައި ޖޯ ބައިޑެން ބައިވެރިވާ ކަމަށް ތުހުމަތުކޮށް، ސެންޓަރ ފޯރ ކޮންސްޓިޓިއުޝަނަލް ރައިޓްސް (ސީސީއާރް) އިން ނޮވެމްބަރު 2023 ގައި ކެލިފޯނިއާގެ އޮކްލެންޑްގެ ފެޑެރަލް ކޯޓެއްގައި ބައިޑަންގެ ސަރުކާރާ ދެކޮޅަށް ދައުވާކުރިއެވެ. މި ދައުވާއަކީ ބައިޑެންއާއި ބްލިންކެން، ޣައްޒާގައި ފަލަސްތީނުގެ މީހުން ނަސްލު ނައްތާލުމަށް ޒަޔަނިސްޓުން ބޭނުން ކުރާ ހަތިޔާރު ފޯރުކޮށްދިން ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. ސީސީއާރުން ބުނީ ބައިޑަން އާއި އޭނާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އާއި އޭނާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން އަކީ ފެޑެރަލް ކޮމަން ލޯ އާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލުތައް ހންގަމުން ގެންދާ ބައެއް ކަމަށެވެ. ޝަމާސް އަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ އަދި އެމެރިކާގެ ގާނޫނުތަކުގެ ބޭނުން ހިފައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އޮކްލެންޑްގެ ކޯޓުން ވަނީ މި މައސަލާގައި އަޑު އެހުންތައް ބޭއްވުމަށްފަހު ޒަޔަނިސްޓުންނަށް އެމެރިކާ ސަރުކާރުން ހަތިޔަރު ވިއްކުމަކީ ސިޔާސީ ކަމެއް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ. އެއަށްފަހު އިސްތިއުނާފު ކޯޓަށް ހުށަހެޅުމުން އެ ކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކޮށްފައެވެ.

ގުޅުންހުރި ޚަބަރު