ދިވެހި|English 24 އޮގަސްޓު 2026 · 06:04
Top banner
Advertisement
އިގްތިސާދީ ގޮތުން ކިތަންމެ ވަރަކަށް ފިއްތިޔަސް ނަތީޖާ ނިކުންނާނީ އިދިކޮޅަށް: އާރިފްއީރާނުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ރެޒާ އާރިފް
ދުނިޔެ

އިގްތިސާދީ ގޮތުން ކިތަންމެ ވަރަކަށް ފިއްތިޔަސް ނަތީޖާ ނިކުންނާނީ އިދިކޮޅަށް: އާރިފް

އިގްތިސާދީ ގޮތުން ދަތިކޮށް އީރާނުގެ އަޒުމް ގުޑުވާލުމަށް އެމެރިކާއިން ކިތަންމެ ވަރަކަށް ފިއްތިޔަސް ނަތީޖާ ނިކުންނާނީ އިދިކޮޅަށް ކަމަށް އިރާނުން ބުނެފިއެވެ.

ޟޟަމްރަތު އަހްމަދު23 އޮގަސްޓު 2026

ތެހެރާން، އައިއާރުއެންއޭ – އެމެރިކާގެ "އިގްތިސާދީ ޓެރަރިޒަމް"ގެ ސަބަބުން އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބުރޫއެރިޔަ ނުދެއްވާނޭ ކަމަށް އީރާނުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ރެޒާ އާރިފް ވިދާޅުވެއްޖެވެ.

ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާރިފް ވިދާޅުވީ، 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އީރާނުން ކުރި ތަޖުރިބާތަކުން ވެސް އެގައުމުގެ އަޒުމަކަށް ބަދަލެއް ނާންނާނޭކަން ކަށަވަރު ވެފައިވާ ކަމަށެވެ. އޭރުން ފެށިގެން އެމެރިކާއިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އިގްތިސާދީ ފިއްތުންތައް ކުރިމަތިި ކުރުވައިފައެވެ. އީރާނުގެ ޢަޒުމް ބަލިކަށިކޮށްލަން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ނިކުންނާނީ އިދިކޮޅު ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމެރިކާގެ އިގްތިސާދީ ޓެރަރިޒަމްގެ އަމާޒަކަށް އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ދިރިއުޅުން ހެދުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު