ދިވެހި|English 24 އޮގަސްޓު 2026 · 17:30
Top banner
Advertisement
އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއް ދީފި
ދުނިޔެ

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއް ދީފި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާތަކެއް ދީފި އެވެ.

އއަހުމަދު މުހައްމަދު24 އޮގަސްޓު 2026

ތެހެރާން، އައިއާރުއެންއޭ – އެއްގަމާއި ވައިިގެ ޒަރިއްޔާއިން އިސްރާއީލުން ލުބްނާނުގެ ދެކުނަށް ހަމަލާ ދީފިއެވެ. ލުބުނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ނަބަތީޔާ އަލް-ފައުޤާގެ ދައިރު އަވަށުގައި ހުރި ގެއަކަށް ވެސް ހަމަލާދީފައެވެ.

މީގެ އިތުރުން އަލީ އަލް-ޠާހިރު އާއި ކަފަރު ރެމާން ސަރަހައްދުތަކުން އެތައްިރެއް ވަންދެން މެދުނުކެނޑި ބަޑީގެ އަޑުއިވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އިސްރާއީލު ފޯސްތަކުން ވަނީ ދެކުނުގެ ރަށެއް ކަމަށްވާ އަލް-ޠައިބާގައި ވެެސް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި ކަމަށް ލުބުނާނުގެ މީޑިއާތަކުން ބުނެފައިވެއެވެ. އަދި ހައްދާޘާ ރަށުގެ ގިނަ ގެތަކެއްގައި އިސްރާއީލު ސިފައިން ރޯކޮށްލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލް މައްޔާދީންއިން ރިޕޯޓުކުރި ގޮތުގައި އިސްރާއީލުގެ ބަޑީގެ ހަމަލާތައް އަލް-ދަބްޝާ އާއި އަލީ އަލް-ޠާހިރުގެ އުސް ސަރަހައްދުތަކުގެ ކައިރިއަށާއި، ލުބުނާނުގެ ދެކުނުގައިވާ މަންސޫރީ އަށްވެސް އަރާަފައިވެއެވެ.

މި ހަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނުކަމެއް އެނގިފައެއް ނުވެއެވެ އަދީ މާއްދީ ގޮތުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިސްރާއީލުން މާޗް 2 ގައި ލުބުނާނާ ދެކޮޅަށް ފެށި ބޮޑު ޢުދުވާނީ ހަމަލާތަކުގައި ލުބުނާނުގެ ގިނަ އަދަދެއްގެ އާންމުން މަރުވެ، ޒަޚަމްވެ، މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލިފައިވެއެވެ. މިހަމަލާ ތަކުގައި އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައްހިފާފައެވެ. މިކަމާ ގުޅިގެން ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ އެ ޖަމާއަތުން މަޑުންތިބީ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ލުބުނާން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް ބަލަން ކަމަށެވެ. ލުބްނާނުގެ އިތުރު ތަންތަން ހިފަން އިސްރާއީލުން އުޅެފިނަމަ ރަހަލާވަރުގެ ރައްދެއް ދޭނޭ ކަމަށްވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު