ދިވެހި|English 27 އޮގަސްޓު 2026 · 09:12
Top banner
Advertisement
ޕެޒެޝްކިއަން ބޭނުންފުޅުވަނީ އެކަހެރިކުރެވިފައިވާ މީހުން މުޖުތަމަޢަށް އަނބުރާ ގެންނަން: ޙުސައިން ޒާދާ
ދުނިޔެ

ޕެޒެޝްކިއަން ބޭނުންފުޅުވަނީ އެކަހެރިކުރެވިފައިވާ މީހުން މުޖުތަމަޢަށް އަނބުރާ ގެންނަން: ޙުސައިން ޒާދާ

ޕެޒެޝްކިއަން ބޭނުންފުޅުވަނީ އެކަހެރިކުރެވިފައިވާ މީހުން މުޖުތަމަޢަށް އަނބުރާ ގެންނަން ކަމަށް ޙުސައިން ޒާދާވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ26 އޮގަސްޓު 2026

ތެހެރާން، އައިއާރުއެންއޭ – އީރާނުގެ ރައީސް ރައީސް މައްސޫދު ޕެޒެޝްކިއަން މަސައްކަތް ކުރައްވަނީ އެކަހެރި ކުރެވިފައިވާ އެންމެހާ އީރާނީން އެނބުރި މުޖުތައަށް ގެނެސް ޤައުމުގެ ކުރިއެރުވުމަށްޓަކައި އެންމެހޭ އިރާނީންގެ ޤާބިލިއްޔަތުކަން ބޭނުންކުރަން ކަމަށް އީރާނުގެ ރޫރަލް ޑިވެލޮޕްމަންޓް އެފެއާޒް އެންޑް ޑިސްއަޑްވާންޓޭޖްޑް ރީޖަންސްގެ ނައިބު ރައީސް ޢަބްދުލްކަރީމް ޙުސައިންޒާދާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޑިޕާޓްމަންޓަށް މަޢުލޫމާތު ދެއްވަމުން ޙުސައިންޒާދާ ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޕެޒެޝްކިއަން އެންމެ ބޮޑަށް ބާރުއަޅުއްވާފައިވަނީ އެކަހެރިކުރެވިފައިވާ ފަރާތްތައް އަލުން މުޖުތަމަޢަށް އަނބުރާ ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އިޤްތިޞާދީ، އިޖުތިމާޢީ، ޘަޤާފީ އަދި ސިޔާސީ މައިބަދައިގައި ނުހިމެނޭ އެންމެހައި ފަރާތްތައް އެހިސާބަށް އަނބުރާ ގެނައުން. އަޅުގަނޑުމެންގެ ހިމާަޔަތް އެންމެހާ އިރާނީންގެ މައްޗަށް ފަތުރާލަންޖެހޭ. ހަމައެކަނި ބަލަންޖެހޭ މިންގަނޑަކީ އެންމެ ކަމެއް. އެއީ އިރާނު މީހަކަށްވުން،" އޭނާ ވިދާޅުވިއެވެ. މުޖުތަމައުން އެކަހެރިވެފައިވާ މީހުން ދެނެގަތުމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ޤައުމީ ފެންވަރުގެ ނިޒާމެއް ޤާއިމް ކުރެވިފައެވެ. އޭގެ އިތުރުން 31 ޕްރޮވިންސަށް އަމާޒުކޮށްގެން ސަރަޙައްދީ ތަރައްޤީގެ ރޭވުންތައް އެކުލަވާލުމާއި، "އެމްޕަވަރިންގ ސޯލްޖަރ" އިނިޝިއޭޓިވް ތަންފީޒުކުރުމާއި، ތަޢުލީމުން މަޙްރޫމްވެފައިވާ ކުދިން ދެނެގަނެ ތަޢުލީމީ ޢަދާލަތު ފުޅާކުރުން ހިމެނޭ ކަމަށް ޙުސައިންޒާދާ ވިދާޅުވިއެވެ.

އިންސާނީ އަދި އިޖުތިމާޢީ ރައުސްމާލު އަލުން އާލާކުރުމާއި، ޤައުމުގެ އެތެރެއާއި ބޭރުގައިވާ އިރާނީންގެ ޤާބިލުކަން ބޭނުންކުރުމާއި، ޤައުމީ ގުޅުން ބަދަހިކުރުމާއި، އަދި ވެރިކަން ކުރުމުގައި ނަސްލީ، ދީނީ އަދި ސިޔާސީ ފިކުރުތަކުގެ މައްޗަށް އިސްކަންދިނުން ދޫކޮށްލުމަކީ ޕެޒެޝްކިއަން އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިރާން ވަރުގަދަވެގެންދާނީ އެންމެހައި އިރާނީންނަކީވެސް އެޤައުމުގެ މުސްތަޤްބަލުގައި ޙިއްޞާއެއް އޮތް ބައެއް ކަމުގައި ދެކިގެން. އަޅުގަނޑުމެން އެންމެރީތި ސިފައަކަށްވާންވާނީ އެކަކު އަނެކަކާ އެކުގައި އަދި އެކުވެރިކަމާއެކު ތިބުން." ރައީސް ޕެޒެޝްކިއަންއާ ހަވާލާ ދެއްވައި އޭނާ ވިދާޅުވިއެވެ. ރަނގަޅު މުސްތަގުބަލެއް ގާއިމް ކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެގެން ކަމަށްވެސް އޭނާ ވިދާޅިުވިއެވެ.

ގުޅުންހުރި ޚަބަރު