ދިވެހި|English 28 އޮގަސްޓު 2026 · 11:17
Top banner
Advertisement
ސަރަޙައްދު  ނުރައްކާތެރި ޙާލަތަކަށް ހުށަހެޅުނީ އެމެރިކާއާއި އިސްރާއީލުގެ ޢުދުންވާނުގެ ސަބަބުން: އަރަޤްޗީ
ދުނިޔެ

ސަރަޙައްދު  ނުރައްކާތެރި ޙާލަތަކަށް ހުށަހެޅުނީ އެމެރިކާއާއި އިސްރާއީލުގެ ޢުދުންވާނުގެ ސަބަބުން: އަރަޤްޗީ

ސަރަޙައްދު  ނުރައްކާތެރި ޙާލަތަކަށް ހުށަހެޅުނީ އެމެރިކާއާއި އިސްރާއީލުގެ ޢުދުންވާނުގެ ސަބަބުން ކަމަށް އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު28 އޮގަސްޓު 2026

ގަލްފުސަރަހައްދުގެ މިހާރުގެ ޙާލަތަކީ ސީދާ އެމެރިކާއާއި ޒަޔަނިސްޓު ރެޖީމުގެ ޢުދުންވާނުގެ ސަބަބުންނާއި، އެމެރިކާއިން ހިންގާ ޣައިރުޤާނޫނީ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތެއް ކަމަށް އީރާނުގެ ޚާރީޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް އީރާނާ ދެކޮޅަށް ހިންގާ ކަނޑުގެ ހިސާރާއި، އިޤްތިޞާދީ ޓެރަރިޒަމްގެ ވާހަކަ އޭނާ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ މިހެން ވިދާޅުވީ ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ، ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލު ކުރެއްވުމުގައި ހުރުމުޒު ކަނޑުއޮޅި މެދުވެރިކޮށް ވަގުތީ އުޅަނދުފަހަރު ދަތުރުކުރާނެ ކޮރިޑޯއެއް ޤާއިމުކުރުމާ ބެހޭ ފްރޭމްވޯކަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ސަރަޙައްދީ އަދި އަވައްޓެރި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ފާހަގަކޮށް އަރަޤްޗީ ވަނީ އެ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

 މި ބައްދަލުވުމުގައި ބޭފުޅުންވެސް ވަނީ "ސަރަޙައްދީ ޙާލަތަށް އައިސްފައިވާ އެންމެ ފަހުގެ ބަދަލުތަކާއި، ނުތަނަވަސްކަން ކުޑަކޮށް، ވާހަކައްކައިގެން ޙައްލު ހޯދުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރައްވާފައެވެ.

ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ފަހުން ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އާއި މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާޤިރު ޤާލީބާފާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، ޤާލީބާފް ވަނީ ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ. އޭނާއާއި ޝައިޚް މުޙައްމަދު ވަނީ ސަރަޙައްދުގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ވާހަކަދައްކައިގެން ޙައްލު ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް އެކަށީގެންވާ މާޙައުލެއް އުފެއްދުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

"ޤަޠަރުން ގަބޫލުކުރަނީ ޚިލާފުތައް ޙައްލުކުރުމަށާއި ހައިޖާނުތަކުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު މަގަކީ ވާހަކައްކައިގެން ޙައްލެއް ހޯދުން،" ކަމަށް ޝައިޚް މުޙައްމަދު އެކްސްގައި ވިދާޅުވެފައިވެއެވެ. އަދި ތެހެރާންގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ "ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ހެކި" ކަމަށާއި، "ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ހުރުމުޒު ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ މުހިންމުކަން ހިމެނޭހެން، ސުލްޙަވެރި ޙައްލުތަކަށް ފުރުޞަތު ހުޅުވާލުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު