ދިވެހި|English 27 ސެޕްޓެމްބަރު 2026 · 12:26
Top banner
Advertisement
ބީޗް ހޭންޑްބޯލް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށަނީ
ޚަބަރު

ބީޗް ހޭންޑްބޯލް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށަނީ

ބޭސިކް ބީޗް ހޭންޑްބޯލް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

ހިރި ނިއުސްހިރި ނިއުސް27 ސެޕްޓެމްބަރު 2026

ކުޅިވަރާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ ބީޗް ހޭންޑްބޯލް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކޯހެއް ކަމަށެވެ.

ކޯސް ކުރިއަށް ގެންދަނީ މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަން އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެންނެވެ. މި ކޯސް ކުރިއަށްދާނީ 2 އޮކްޓޯބަރުން ފެށިގެން 11 އޮކްޓޯބަރާ ހަމައަށެވެ.

މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ސެޕްޓެމްބަރެވެ.

މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނޭ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު