ދިވެހި|English 27 ސެޕްޓެމްބަރު 2026 · 12:26
Top banner
Advertisement
ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި  150،000 ރުފިޔާ ހޯދައިފި
ޚަބަރު

ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާ ހޯދައިފި

މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާ ހޯދައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް27 ސެޕްޓެމްބަރު 2026

ފުލުހުން ވިދާޅުވީ މި ފައިސާ ގެއްލުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށެވެ.  

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ހޯދައިފައެވެ. އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައި ކަމަށްެވެސް ފުލުހުން ވިދާޅުވިއެވެ. 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ. ފައިސާ ވަގަށް ނެގި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ގުޅުންހުރި ޚަބަރު