ދިވެހި|English 5 އޮކްޓޯބަރު 2026 · 11:13
Top banner
Advertisement
ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް އަސްކަރީ ބޮޑު ހަރަކާތެއް ފަށައިފި
ދުނިޔެ

ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް އަސްކަރީ ބޮޑު ހަރަކާތެއް ފަށައިފި

ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އަސްކަރީ ބޮޑު ހަރަކާތެއް ފަށައިފިއެވެ.

މމުހައްމަދު އަލީ5 އޮކްޓޯބަރު 2026

ޔަމަނުގެ ސަރުކާރަނީ ސައޫދީގެ މަދަދުލިބިގެން ހިންގ ސަރުކާރެކެވެ. ހޫޘީންނަކީ އިރާންގެ މަދަދުލިބިގެން މަނުގައި އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން ވެރިކަން ކުރަމުންދާ ޖަމާއަތެކެވެ.

ޔަމަނުގެ ސަރުކާރުން މިފެށި އަސްކަރީ އޮޕަރޭޝަނުގައި ބޭނުންވަނީ ހޫޘީންގެ އަތްދަށުގައިވާ ބިންތައް އަތުލުމެވެ. "މިނިވަންކަމުގެ ހަނގުރާމަ" ގެ ނަމުގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ވެރިރަށް ސަނާއާގައިވާ ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ހަނގުރާމައާ ބެހޭ އިތުރު ތަފްސީލް އަދީ ސާފެއް ނުވެއެވެ. ހޫޘީން ދަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނަށް ވަރަށްބޮޑަށް ވާގިވެރިވަމުންނެވެ.

 

ގުޅުންހުރި ޚަބަރު