ދިވެހި|English 8 އޮކްޓޯބަރު 2026 · 12:52
Top banner
Advertisement
އިސްތިއުމާރީ ވަޒަންވެރިން އިތުރު ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް ވާސިލުވުމަށް ހުރަސްއެޅުން: ގުޓެރެސް
ދުނިޔެ

އިސްތިއުމާރީ ވަޒަންވެރިން އިތުރު ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް ވާސިލުވުމަށް ހުރަސްއެޅުން: ގުޓެރެސް

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ވަޒަވެރި ކުރުމުގެ ހަރަކާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް، އެކަން ކުށްވެރި ކޮށްފައެވެ.

އއަހުމަދު މުހައްމަދު8 އޮކްޓޯބަރު 2026

އޭނާ ވިދާޅުވެފައިވަނީ، މި އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި 1967 ވަނަ އަހަރަށްފަހު ކުރިމަތިވި އެންމެ ބޮޑު ގެދޮރުގެއްލުމުގެ ނުރައްކާ ކުރިމަތިވަމުންދާ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އިސްތިއުމާރީ ވަޒަންވެރިން ހުޅަގު އައްސޭރިއަށް އަތްގަދު ކުރުން އިތުރު ކުރުމަކީ އަނިޔާވެރިކަން އިތުރުވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް ވާސިލުވުމަށް ހުރަސްއެޅެމުންދާ ކަމެއް ކަމަށެވެ. "މިފަދަ ކަންކަމުގެ ސަބަބުން މަޝްރަހު ހޫނުވެ، އިސްރާއީލުގެ ޣައިރުޤާނޫނީ އިސްތިއުމާރު އިތުރަށް ވަރުގަދަވެ، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުން ނިންމުމުގެ ހައްޤަށް ހުރަސްއެޅި، މިނިވަން، ގުޅިފައިވާ އަދި ސިޔާދަތީ ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތަށް ނުރައްކާވެއެވެ،" ގުޓެރެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް އެއްވެސް އަދަބެއް ނުލިބި ދޫކޮށްލެވޭތީ އެކަންވެސް އޭނާ ވަނީ ކުށްވެރިކޮށްފައިވެއެވެ. އަދި ގިނަ ފަހަރަށް މިފަދަ ކަންކަން ހިނގަނީ އިސްރާއީލުގެ ސެކިއުރިޓީ ފޯސްތަކުގެ ހާޒިރުގައި ނުވަތަ އެމީހުންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ވަޒަންވެރިންގެ އަނިޔާވެރިކަމާއި، ވަނުން މަނާކުރުމާއި، ގެދޮރު ސުންނާފަތި ކުރުމާއި، ދިގުދެމިގެންދާ ސެކިއުރިޓީ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 1967 ވަނަ އަހަރަށްފަހު ހުޅަނގު އައްސޭރިއަށް ކުރިމަތިވި އެންމެ ބޮޑު ގެދޮރުގެއްލުމުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ،"

ފްރާންސުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެރޯމް ބޮނާފޮންޓް ވަނީ ވަޒަންވެރިން އާބާދުކުރުމާއި އިދާރީ ބާރުތައް ފުޅާކުރުން ހުއްޓާލުމަށާއި، ވަޒަންވެރިންގެ އަނިޔާވެރިކަމަށް ޒިންމާދާރުކުރުވުމަށާއި، އިސްރާއީލު ފޯސްތަކާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ތަޙުޤީޤުކުރުމަށް ގޮވާލައިފައެވެ.

 

ގުޅުންހުރި ޚަބަރު