ދިވެހި|English 11 އޮކްޓޯބަރު 2026 · 11:13
Top banner
Advertisement
ކޭ.ކޭ.އައި.އޭ އަށް ހޫތީން މިސައިލުން ހަމަލާދީ 12 މީހަކު މަރާލައިފި
ދުނިޔެ

ކޭ.ކޭ.އައި.އޭ އަށް ހޫތީން މިސައިލުން ހަމަލާދީ 12 މީހަކު މަރާލައިފި

މި ހަމަލާދިންތާ ކުޑަވަގުތުކޮޅެއް ފަހުން، ދަންމާމްގެ ކިންގް ފަހުދު އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ހޫތީން ހަމަލާއެއް ވަނީ އަރައިފައެވެ.

ޟޟަމްރަތު އަހްމަދު11 އޮކްޓޯބަރު 2026

ރިޔާޟް: ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް (ކޭ.ކޭ.އައި.އޭ) އަށް ހޫތީން މިސައިލް ހަމަލާއެއްދީ 12 މީހަކު މަރާލައި 300 އަށްވުރެ ގިނަބަޔަކު ވަނީ ޒަޚަމް ކޮށްލާފައެވެ.

ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މިސައިލް ހަމަލާއާ ބެހޭ ގޮތުން ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެވިއޭޝަން (ޖީ.އޭ.ސީ.އޭ) އިން އާދީއްތަ ދުވަހު ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ 4 ރައްޔިތަކާއި، ބަންގްލަދޭޝްގެ 2 ރައްޔިތަކާއި، ފަލަސްޠީނު މީހަކާއި، އެމެރިކާ މީހަކާއި، މިޞްރު މީހަކާއި، އުރުދުން މީހަކާއި، ސީރިއާ މީހަކާއި، ސޫދާން މީހަކު ހިމެނޭ ކަމަށެވެ.

"މި ހަމަލާގެ ސަބަބުން (309) މީހުން ޒަޚަމްވެފައިވޭ. އޭގެ ތެރޭގައި ހާލު ސީރިއަސް މީހުންވެސް ހިމެނޭ،" އެވެ،" ޖީ.އޭ.ސީ.އޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހަމަލާދިންތާ ކުޑަވަގުތުކޮޅެއް ފަހުން، ސަޢުދީ އަރަބިއްޔާގެ އިރުމަތީގެ މައި އެއަރޕޯޓް ކަމަށްވާ ދަންމާމްގެ ކިންގް ފަހުދު އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ހޫތީން ހަމަލާއެއް ވަނީ އަރައިފައި ކަމަށް ސަޢުދީގެ ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވަނީ ހާމަކޮށްފައެވެ.

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނުފަހުން، މިއީ ސަޢުދީގެ އެންމެ ބާރުބޮޑު އެއް އެއަރޕޯޓު ކަމަށްވާ ކިންގް ފަހުދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާދިން ފުރަތަމަ ފަހަރެވެ.

ހޮނިހިރު ދުވަހު ކޭ.ކޭ.އައި.އޭ އަށް ދިން ހަމަލާއާ ގުޅިގެން، ލިބުނު ގެއްލުންތައް ބަލައި ދިރާސާކުރުމަށް އެ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ގުޅުންހުރި ޚަބަރު