ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޑޮކްޓަރު މަރާލި ފުލުހުން ހައްޔަރުކޮށްފި
ދުނިޔެ

ޑޮކްޓަރު މަރާލި ފުލުހުން ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު8 އޮކްޓޯބަރު 2024
ދީނަށް ފުރައްސާރަކުރާ ކަމަށް ތުހުމަތުކޮށް، ޑރ. ޝާހް ނަވާޒް ކުންބަރު ހައްޔަރު ކުރުމަށްފަހު އޭގެ އެއްދުވަސް ފަހުން ބަޑި ޖަހައި އޭނާ މަރާލި 3 ފުލުހަކު ހައްޔަރުކޮށްފިއެވެ. ޕަންޖާބުގައި ޑޮކްޓަރު މަރާލުމަށްފަހު އޭނާ ވަޅުލުމަށް ގެންދަނިކޮށް މުއްލާއިން އެއްވެ ތަޤްރީރުކޮށް މީހުން ކައްކުވާލައި، އޭނާގެ ގަބުރު އަންދާލުމަށް ހިތްވަރު ދީފައި ވެއެވެ. މި 3 މީހުން ވަނީ ޑޮކްޓަރު މަރާލުމަށްފަހު ފިލާފައެވެ. އުމަރުކޯޓް ޑިސްޓްރިކްޓްގެ ރައްޔިތެއް ކަމަށްވާ ޑޮކްޓަރު ކުންބަރު ހައްޔަރު ކުރުމަށްފަހު މިރުޕޫރުޚާސް ފުލުހުން ވަނީ އޭނާގެ މީސްމީޑިއާގެ ޕޯސްޓްތައް ބަލާފައެވެ. ދީނީ ޖަމާޢަތްތަކުން މި ޖަރީމާގައި ބައިވެރިވެފައިވާތީ، އެތައް ބަޔަކު ހައްޔަރު ކުރުމަށް މިހާރު އަމުރުވެސް ނެރެފައި ވެއެވެ.

ގުޅުންހުރި ޚަބަރު