ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމެރިކާއިން ޔޫނުސް ކިހިލި ޖެއްސަސް އަދި ނުފުދޭ
ދުނިޔެ

އެމެރިކާއިން ޔޫނުސް ކިހިލި ޖެއްސަސް އަދި ނުފުދޭ

އއިބްރާހީމްް ސަމީރު9 އޮކްޓޯބަރު 2024
އެމެރިކާ ދަތުރުގައި ޑރ. މުހައްމަދު ޔޫނުސް (84އ) އަށް އެމެރިކާގެ ރައީސް ދޮން ދީ ހެދިކަމުގައި ވިއަސް، ބަނގްލަދޭޝްގެ މީހުން ތިބީ އަވަސް ނަތީޖާއެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. އޭނާގެ ވަގުތީ ސަރުކާރަކީ ހަލަބޮލި ކަމެއްގެ ތެރޭން އުފެދުނު ޣެއިރު ޝަރުއީ ސަރުކާރެކެވެ. ވެރިކަން ކުރަން ފަސޭހަ ނޫން ޤައުމެއް ކަމަށްވާ ބަނގްލަދޭޝް މިސްރާބު ޖަހާފައިވަނީ ކޮން ދިމާލަކަށް ކަމެއް އަދި ލަފައެއް ނުކުރެވެއެވެ. އޭނާގެ ސަރުކާރަށް ޝަރުޢިއްޔަތު ދީފައި ވަނީ ކުރިން ހަމަނުޖެހުން އުފެއްދުމުގައި އުޅުނު ސިފައިންނެވެ. ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންޑޯ-ބަންގްލަދޭޝްގެ ދެގައުމުގެ ގުޅުން ބަދަހިވެ އިޤްތިޞާދު ތިޔާގި ވެގެން ދިޔައެވެ. ނަމަވެސް މިހާރު އިޤްތިޞާދަށް ދަނީ ހީނަރުކަން ވެރިވަމުންނެވެ. ހަސީނާގެ ސަރުކާރުގައި ބަނގްލަދޭޝްގެ އިދިކޮޅު ފަރާތްތަކާއި އިސްލާމީ ޖަމާއަތްތައް އެކަހެރި ކުރެވުނެވެ. ބަނގްލަދޭޝްގެ އިދިކޮޅު ބީއެންޕީ އަކީ ސަރުކާރުގައި އޮންނަ އިރު، އިންޑިއާގެ ވަކިވެގަތުމުގެ ޚިޔާލުގެ މީހުންނަށް ހިޔާވަހިކަން ދިން ޕާޓީއެކެވެ. އައު ސަރުކާރުގައި އިންޑިއާއަށް އެންމެ އުދަގޫވެފައިވާ މައްސަލައަކީ ބައެއް ހަރުކަށި މީހުންނަށް ފުރުސަތު ލިބުމާއެކު އެމީހުން ބައިމަދު މީހުންނާ މެދު މުޢާމަލާތު ކުރަމުންދާ ގޮތެވެ. އިންޑިއާއިން ބުނަނީ ހިންދޫންގެ ހައްގަށް ހަރުކަށި މީހުން އަރައިގަންނަ ކަމަށެވެ.

ގުޅުންހުރި ޚަބަރު