ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޓައިވާނުން އައު އޮފީހެއް މުމްބާއިގައި ހުޅުވަނީ
ދުނިޔެ

ޓައިވާނުން އައު އޮފީހެއް މުމްބާއިގައި ހުޅުވަނީ

އއިބްރާހީމްް ސަމީރު9 އޮކްޓޯބަރު 2024
އިންޑިއާއާއި ޓައިވާނާ ދެމެދު ވިޔަފާރި ގުޅުން ބަދަހިވަމުންދާތީ ޓައިވާނުގެ އައު އޮފީހެއް އިންޑިއާގައި ހުޅުވުމަށް އެގައުމުން ނިންމައިފިއެވެ. މިއީ އިންޑިއާގައި ޓައިވާނުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ހުޅުވާ އޮފީހެކެވެ. އިންޑިއާގައި ހުންނަވާ ޓައިވާންގެ މަންދޫބު ބައުޝުއަން ގޭރް ވަނީ ޓައިވާނުގެ އާ އޮފީސް އިންޑިއާގެ މުމްބާއީގައި ހުޅުވާނީ  އޮކްޓޯބަރު 16 ގައި ކަމަށެވެ. މިހާރުވެސް ޗެންނާއީގައި ޓައިވާންގެ ކޮންސިއުލޭޓެއް ނުވަތަ އޮފީހެއް ހުރެއެވެ. ޓައިވާނުން ބުނަނީ މި އައު އޮފީހާއެކު ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ. އާ އޮފީސް ހުޅުވުމާއެކު ޓައިވާނުގެ ޑިޕްލޮމެޓުންގެ އަދަދު 32 އަށް އިތުރު ވާނެއެވެ. ޓައިވާނުން ވަނީ އިންޑިއާގައި ސެމީކޮންޑަކްޓަރސް، އަދި މޮބައިލް ފޯނު އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޓައިވާނު ޓީޗަރުން ވަނީ ޗައިނާ ބަސް ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް އިންޑިއާގައި ފަށާފައެވެ. ޓައިވާނަކީ ޗައިނާއިން ބުނާ ގޮތުގައި އެ ޤައުމުގެ ބާޣީ ސަރަހައްދެކެވެ. އޮކްޓޫބަރު އަށެއްގައި ނިއުދިއްލީގައި ވަނީ ޓައިވާންގެ ގައުމީ ދުވަސް ފާހަގަ ކޮށްފައި ވެއެވެ. މި އިޙުތިފާލްގައި އިންޑިއާ ސަރުކާރުގެ އެއްވެސް މަންދޫބަކު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެއް ޗައިނާގެ ސިޔާސަތު ޤަބޫލު ކުރާ ޤައުމުތަކުގެ މަންދޫބުން ވެސް މި އިޙުތިފާލްގައި ބައިވެރިވެފައެއް ނުވެއެވެ.  

ގުޅުންހުރި ޚަބަރު