ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބައިޑެންއަކީ ބަސްމަގު ހުތުރު މީހެއް
ދުނިޔެ

ބައިޑެންއަކީ ބަސްމަގު ހުތުރު މީހެއް

އއިބްރާހީމްް ސަމީރު9 އޮކްޓޯބަރު 2024
އެމެރިކާ މީހުން މަރުވަމުން ދިޔައިރު، ޑޮނަލްޑް ޓްރަމްޕް ވަނީ ކޯވިޑް ޓެސްޓް ކިޓްތައް ރަޝިޔާގެ ރައީސް ޕޫޓިންއަށް ފޮނުއްވާފައި ކަމަށް މަޝްހޫރު ނޫސްވެރިޔާ ބޮބް ވުޑްވާޑްގެ އައު ފޮތުގައި ބުނެފިއެވެ. ވޯޓާގޭޓްގެ މައްސަލަ ބޭޒާރުކޮށް އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަންގެ ސަރުކާރު ވައްޓާލައިގެން މަޝްހޫރުކަން ހޯދި ނޫސްވެރިޔާ، ބޮބް ވުޑްވާޑް އަލަށް ޝާއިއުކުރާ ފޮތާ ބެހޭ މަޢުލޫމާތު ސީއެންއެން އިން ވަނީ ގެނެސްދީފައެވެ. މިފޮތުގައި އެންމެ ޚާއްސަ ކަމަކަށް ފާހަގަ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހުތުރު ބަސްމަގާ ބެހޭ ގޮތުން އޭނާ ލިޔެފައިވާ ވާހަކަތަކެވެ. ވުޑްވާޑް ވަނީ ބައިޑެން އެއްފަހަރަށް ވުރެން ގިނައިން އޭނާގެ ރަހުމަތްތެރިންނާއެކު ނަތަންޔާހޫއަށް ފާޑުވިދާޅުވެ ބޭނުން ކުރެއްވި ބަހުރުވަ ގެނެސްދީފައެވެ. "ކަލެއަށް އެނގޭތަ، ކަލޭ ކަންކުރާ ގޮތުން ދުނިޔޭގެ ގިނަ މީހުން ދެކެނީ އިޒްރޭލަކީ ގާނޫނަށް ތަބާނުވާ ގައުމެއް ކަމަށް. ކަލެއަކީ މުޖުރިމެއްކަމަށް" ބައިޑެން ނަތަންޔާހޫއާ ދިމާއަށް ވިދާޅުވިކަމަށް ވުޑްވާޑް ވިދާޅުވިއެވެ. ބައިޑެން ވިދާޅުވަނީ ނަތަންޔާހޫއަކީ ނުބައި ނުލަފާ ހަރާމުޖާދާއެއް ކަމަށެވެ. ބައިޑެން އެކުވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި، ނަތަންޔާހޫ ސިފަކުރެއްވީ 'ދެޓް ސަން އޮފް އަ ބި***ޗް' އޭ ވިދާޅުވެ ކަމަށް، އެ ފޮތާ ހަވާލާދީ ސީއެންއެން އިން ރިޕޯޓް ކޮށްފައި ވެއެވެ. ވުޑްވާޑް ބުނާ ގޮތުން ބައިޑެންއަކީ އާންމު ދިރިއުޅުމުގައިވެސް ބަސްމަގު ހުތުރު މީހެކެވެ.  

ގުޅުންހުރި ޚަބަރު