ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކަރަންޓު ކީސް ބޭނުން ކުރާ އަންހެނަކާ ކައިވެނި ކުރަން ހެޔޮ ނުވާނެ
ދުނިޔެ

ކަރަންޓު ކީސް ބޭނުން ކުރާ އަންހެނަކާ ކައިވެނި ކުރަން ހެޔޮ ނުވާނެ

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2024
އޮސްޓްރޭލިއާގެ ފުލުހުން ވަރުގަދަ މަރުގެ ހާދިސާއެއް ތަހުގީގު ކޮށްފިއެވެ. އަންހެނަކު ވަނީ އޭނާގެ ފިރިމީހާ ކަރަންޓު ކީހަކުން ފޮތިފޮތިކޮށްފައި ބައިބައިތައް ކޮތަޅު ކޮތަޅަށް ލައި ސިޑްނީގެ އެކި ހިސާބުތަކުގެ ޑަސްބިންތަކަށް އަޅައި ޖަރީމާ ފޮރުވަން މަސައްކަތް ކޮށްފައެވެ. އަވަށްޓެރިން ބުނަނީ މިސްރަށް ނިސްބަތްވާ ފިރިމީހާ ވާއިލް މަމްދޫހަކީ އެންމެނާ ރައްޓެހި، އޯގާތެރި މީހެއް ކަމަށެވެ. ދެމަފިރިންގެ 8 ކުދިން ތިބެއެވެ. ނަރްމީން އޭނާގެ ފިރިމީހާ ކީހާލީ ފިރިމީހާ މިސްރުގައި އެހެން އަންހެނަކާ ދިމާވެގެން އޭނާއާ އިންކަމަށް ތުހުމަތު ކުރެވިގެންނެވެ. ނަރްމީން ވަނީ ގޭގެ ތަޅުންވެސް ބަދަލުކޮށް، ޖަރީމާގެ އެއްވެސް އަސަރެއް ނުފެންނަ ގޮތަށް ހަދާފައެވެ. އަދި ފިރިމީހާގެ ކާޑުތައް ބޭނުންކޮށްގެން އެނާގެ މިލްކުވެރިކަމުގައި ހިމެނޭ ތަންތަން ވިއްކައި ހަދާފައެވެ. އަންހެންމީހާ ފަހުން މިސްރަށް ދިއުމުން މި މައްސަލަ ހައްލު ނުކުރެވި އޮތީއެވެ. ނަމަވެސް ސިޑްނީއަށް އައިސް ވިޔަފާރި މުއާމަލާތްތައް ނިންމަން އުޅުމުގެ ތެރޭގައި އޭނާ ބަލިވެގެން ހަސްފަތާލަށް ވެއްދުމުން ފުލުހުން ނަރްމީން ހައްޔަރު ކުރީ އެތަނުންނެވެ. ދާދި އަވަހަށް އެނާގެ ޝަރީއަތް ފެށޭނެއެވެ.    

ގުޅުންހުރި ޚަބަރު