ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޢަޤީދާއަކަށް ވުރެން ޤާނޫނުއަސާސީ މަތިވެރިވާނެ ކަމަށް ޙުކުމް ކޮށްފި
ދުނިޔެ

ޢަޤީދާއަކަށް ވުރެން ޤާނޫނުއަސާސީ މަތިވެރިވާނެ ކަމަށް ޙުކުމް ކޮށްފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2024
އިންޑިއާގައި ދީނީ ޢަޤީދާއަށް ވުރެން އިންޑިއާގެ ޤާނޫނުއަސާސީ މަތިވެރިވާނެ ކަމަށް ކެރެލާ ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މިމައްސަލައަކީ، މުސްލިމު އަންހެން ކުއްޖަކު، ޣައިރު މުސްލިމަކާ ސަލާމް ކުރުމުން އޭނާ ޒިނޭކޮށްފިކަމަށް ބުނެ، އޭނާ ދީނުން ބޭރުވެފައިވާ ކަމަށް ނިންމައި ދިނުމަށް، އަބްދުﷲ ނައުޝާދު ކިޔާ މީހަކު ކުރި ދައުވާއެއްގައި ކޮށްފައިވާ ޙުކުމެކެވެ. ޙުކުމުގައި ބުނެފައި ވަނީ އިންޑިއާގެ ފަސްގަނޑުގައި ކޮންމެ މީހަކަށްވެސް އެމީހާ ބޭނުން އަޤީދާއަކަށް އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އެއްވެސް މީހަކަށް އަނެކާގެ މައްޗަށް އަމިއްލަ އަޤީދާއާއި އަމިއްލަ އިޢުތިޤާދުތައް މަޖުބޫރެއް ނުކުރެވެނެ ކަމަށެވެ. "ވަކިން ޚާއްސަކޮށް އިސްލާމް ދީނަކީ އަނެކާގެ މައްޗަށް ދީނެއް މަޖުބޫރެއް ނުކުރެވޭނެ ކަމަށް ދީނީ ނައްސުން ބަޔާންކޮށްފައިވާ ދީނެއް ކަމުން" އަންހެން ކުއްޖާ ދީނުން ބޭރުވެފައިވާ ކަމަށް ދަޢުވާ ކުރާ ފަރާތަށް ނުނިންމޭނެ ކަމަށެވެ. ލޯ މަރުކަޒުގައި ޤާނޫނު ކިޔަވާ ދެވަނަ އަހަރުގެ މުސްލިމު އަންހެން ދަރިވަރަކު ވަނީ ކެރެލާގެ ކުރީގެ ފައިނޭންސް މިނިސްޓަރު ލެކްޗަރއެއް ދެއްވުމަށްފަހު ދަރިވަރުންނާ ސަލާން ކުރުމުގެ ތެރޭގައި މިނިސްޓަރާ ސަލާން ކޮށްފައެވެ. އެއަށްފަހު އަންހެން ކުއްޖާގެ އެ ޢަމަލަކީ ޒިނޭ ކުރުމުގެ ޢަމަލެއް ފަދަ ކަމެއް ކަމަށާއި އެކަމުން ކުއްޖާ ދީނުން ބޭރުވެފައިވާ ކަމަށް ބުނެ ދަޢުވާ ކުރީއެވެ.  

ގުޅުންހުރި ޚަބަރު