ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ސިންގަމް އެގެއިންގައި ސްރީލަންކާގެ ހިތްގައިމު މަންޒަރުތައް
ދުނިޔެ

ސިންގަމް އެގެއިންގައި ސްރީލަންކާގެ ހިތްގައިމު މަންޒަރުތައް

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2024
ގިނަ ބަޔަކު އިންތިޒާރުކުރި ރޯހިތު ޝެޓީގެ ޕޮލިސް ޑްރާމާ " ސިންގަމް އެގެއިން" ފިލިމުގައި ސްރީލަންކާގެ ތަފާތު ލޭންޑްމާކްތައް ދައްކާލައިފިއެވެ. ބޮލީވުޑްގެ ހެވީވެއިޓުން ލީޑް ރޯލުން ފެނިގެންދާ މި އެކްޝަން ޕެކްޑް ތްރިލާގައި ލަންކާގެ ސަގާފީ އަދި ތާރީހީ ރީތި މަންޒަރުތަކުން ހިތްގައިމުކަން ދަމައިގަނެއެވެ. ހޯމަ ދުވަހު ރިލީޒްކުރި ތައުރީފު ލިބިފައިވާ ޝެޓީގެ ޕޮލިސް ސިލްސިލާގެ ފަސް ވަނަ ފިލްމު ކަމަށްވާ "ސިންގަމް އެގެއިން"ގެ ޓްރެއިލާއިން ކާސްޓުންނާއި އެކްޝަން ސީކުއެންސްތަކުން މީހުން ހައިރާން ކޮށްފައިވާ ކަމަށް ފާޑުކިޔުންތެރިން ބުނެއެވެ. މި ފިލްމުގައި އެކްޝަން ތަރި، އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު، އަކްޝޭ ކުމާރު، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން، ޓައިގާ ޝްރޮފް، އަރްޖުން ކަޕޫރު، އަދި ޖެކީ ޝްރޮފް ރޯލުތައް އަދާކޮށްފައި ވެއެވެ. މުމްބާއީ، ހައިދަރުއާބާދު، ކަޝްމީރު، އަދި ސްރީލަންކާ ފަދަ އެތައް ހިތްގައިމު ލޮކޭޝަންތަކެއްގައި ފިލްމުކޮށްފައިވާ މި ފިލްމުގައި ސްރީލަންކާގެ އާކިޓެކްޗަރަލް ހިތްގައިމު މަންޒަރުތައް ހިމަނާފައި ވެއެވެ. ކޮލަމްބޯގެ ލޮޓަސް ޓަވަރާއި، ލަގްޒަރީ ހޮޓެލް ޝަންގްރިއްލާއާއި، މަންޒަރު ރީތި ގޯލްފޭސް ގްރީންއާއި، ނޫވެރޭލިޔާއާއި، އެނޫނަސް އިތުރު އެތައް ލޭންޑްމާކްތައް ފިލްމުގެ ޓްރެއިލާއިން ފެނިގެންދެއެވެ. ސިންގަމް އެގެއިން ރިލީޒް ކުރާނީ ދިވާލީ 2024 ގެ މޫސުމްގައެވެ.  

ގުޅުންހުރި ޚަބަރު