ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހިނގަމުން މިދަނީ އިންޑިއާއާއި އާސިއާންގެ ޤަރުނު: މޮދީ
ދުނިޔެ

ހިނގަމުން މިދަނީ އިންޑިއާއާއި އާސިއާންގެ ޤަރުނު: މޮދީ

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2024
ހިނގަމުން މިދާ، 21 ވަނަ ގަރުނަކީ އިންޑިއާ އާއި އާސިއާންގެ ގައުމުތަކުގެ ޤަރުނު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.  ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މިދިޔަ ދިހަ އަހަރު ތެރޭގައި އިންޑިއާގެ އެކްޓް-އީސްޓް ނަޒަރިއްޔާއިން އިންޑިއާ އާއި އާސިއާންގެ ގައުމުތަކުގެ ތާރީހީ ގުޅުމަށް "އާ ހަކަތައަކާއި އައު މިސްރާބެއް" ލިބިފައިވާ ކަމަށެވެ. މޮދީ ވަނީ ލާއޮސްގައި އޮންނަ އިންޑިއާ އާސިއާންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ. ދުނިޔޭގެ އެތައް ސަރަހައްދެއްގައި ހިނގަމުންދާ ހަމަނުޖެހުމުގެ ދުވަސްވަރު އިންޑިއާ އާއި އާސިއާންގެ އެކުވެރިކަމާއި އެއްބާރުލުމާއި މަޝްވަރާއާއި ގުޅުން ވަރަށް މުހިންމު ކަމަށް މޮދީ ވިދާޅުވި އެވެ. ލާއޯސްގެ ވެރިރަށް ވިއެންޓިއަންގައި ބާއްވާ 21 ވަނަ އާސިއާން-އިންޑިއާ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ މި ސަރަހައްދުގައި އާސިއާން ގެ ތަރައްޤީ ވަށާ ޖެހޭނީ 1991ގައި އިޢުލާން ކޮށްފައިވާ އިންޑޯ-ޕެސިފިކް އޯޝަން އިނިޝިއޭޓިވް ގެ ނަތީޖާތައް ޙާސިލުވުމުން ކަމަށެވެ. މިދިޔަ ދިހަ އަހަރު ތެރޭގައި މި ސިޔާސަތުގެ ސަބަބުން އިންޑިއާ އާއި އާސިއާން ގައުމުތަކުގެ ތާރީޚީ ގުޅުމަށް އާ ބުރަދަނެއް ލިބިގެން ދިޔަ ކަން ފާހަގަ ކުރެއްވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 21 ވަނަ ގަރުނަކީ އިންޑިއާ އާއި އާސިއަން ޤައުމުތަކުގެ ޤަރުނު. މޮދީ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު