ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޖިނާއީ ނިޒާމު އިސްލާޙު ކުރުމަށް ތުރުކީން ފިލާވަޅެއް ލިބިދާނެބާ؟
ދުނިޔެ

ޖިނާއީ ނިޒާމު އިސްލާޙު ކުރުމަށް ތުރުކީން ފިލާވަޅެއް ލިބިދާނެބާ؟

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2024
ތުރުކީގައި އިތުރު ވަމުންދާ ޖިނާއީ މައްސަލަތަކާ ހެދި އެޤައުމުގެ ޖިނާއީ ޢަދުލުގެ ނިޒާމު އިސްލާޙު ކުރުމަށް ނިންމައިފިއެވެ. މިދިޔަ ދުވަސްތަކުގައި ކުށް ކޮށްފައިވާ މީހުންނަކީ އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ފުލުހުން ނެރެފައިވާ ބަޔެއް ކަމަށް ޕްރޮސެކިޝަނުން ބުނެއެވެ. ދާދި ފަހުން ދެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި މީހާވެސް ވަނީ ދެމީހުން މަރާލުމާ ދޭތެރޭ އޭނާގެ ޖަރީމާއާ ބެހޭ މަޢުލޫމާތު އަމިއްލައަށް ފުލުހަށް ގުޅައިގެން ކިޔައިދީފައެވެ. ފުލުހުން ސީނަށް އައުން ލަސްވެގެން އެކަމާ ރުޅިއައިސްގެން އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވިއެވެ. ތުރުކީގެ ޖަސްޓިސް މިނިސްޓަރު ހުށަހަޅާ ބަދަލު ތަކުގެ ތެރޭގައި ކުށްކުރާ މީހުން ޖަލު ބަންދުގައި ދުވަސްތަކަކަށް ބޭތިއްބުމާއި، އަދި ކުށުގެ ބާވަތުން މުއްދަތު އިތުރު ކުރުން ހިމެނެއެވެ. ޖަސްޓިސް މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޖިނާއީ ކުށެއްކޮށްފައި ތިމާއަށް އެއިން ރެކިގަނެވިދާނެ ކަމުގެ އިޙުސާސް ކުށްވެރިންގެ ކިބައިން ފިލުވައި ދިނެވެ. އޭގެ އިތުރުން އެންމެ މުހިންމު ފިޔަވަޅަކަށް ތުރުކީން ތައާރަފް ކުރާނީ ޖުޑިޝަލް ޕޮލިސް ފޯސްއެކެވެ. މިއީ ޕްރޮސެކިއުޓަރުގެ އަމުރަށް ޙަރަކާތްތެރިވާނެ ބައެކެވެ. މި ޖުޑިޝަލް ފުލުހުން މަސައްކަތް ކުރާނީ ތަހުގީޤުގައި ފުލުހުން ފަރުވާ ކުޑަ ކޮށްލާ ނޫނީ އަޅާ ނުލައި ދޫކޮށްލާފައިވާ ހެކިތައް ހޯދުމާއި ދޯހަޅި ތަހުގީގުތައް އަލުން ކޮށް ކުށްވެރިން ބައްދާލެވޭ ފަދަ ގޮތަކަށް ޝަރީޢަތަށް ހެކި ހޯދައި ދިނުމަށެވެ.  

ގުޅުންހުރި ޚަބަރު