ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓެރަރިސްޓުންގެ ހަމަލާގައި 20 މީހުން މަރާލައިފި
ދުނިޔެ

ޓެރަރިސްޓުންގެ ހަމަލާގައި 20 މީހުން މަރާލައިފި

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2024
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި އޮންނަ ކޯލާ ދެލި ނަގާ މައިނަކަށް ޓެރަރިސްޓުން ދިން ޙަމަލާއެއްގައި 20 މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން މިއަދު ބުނެފިއެވެ. ކުއެޓާ ސިޓީގެ އިރުމަތީގައި އޮންނަ އެ އަވަށުގެ ޕޮލިސް ސްޓޭޝަންގެ އޮފިސަރު ހުމާޔޫން ޚާން ބުނީ، ހަތިޔާރު އެޅި ބަޔަކު ޑޯކީ ސަރަހައްދުގައި ހުންނަ ޖުނައިދު ކޯލް ކޮމްޕެނީގެ މައިން ނަގާ މަރުކަޒަށް ހަމަލާދީފައިވަނީ ފަތިސް ގަޑީގައެވެ. އަދި އެމީހުން ބަރުހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. އެމީހުން ރޮކެޓާއި ގްރެނޭޑް ވެސް ހަމަލަ ދޭން ބޭނުން ކުރިކަމަށް ބުނެއެވެ. "ޑޯކީ ހޮސްޕިޓަލަށް މަރުވެގެން މިހާތަނަށް 20 މީހަކު ގެނެސްފައިވޭ،" ޑޯކީގެ ހަސްފަތާލުގެ ޑޮކްޓަރެއް ކަމަށްވާ ގޯހަރު ޚާން ޝާދިޒާއީ ބުންޏެވެ.  

ގުޅުންހުރި ޚަބަރު