ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިލާހީ ކުޅަދުންވަންތަކަމުގެ ޢަޖާއިބުތައް
ދުނިޔެ

އިލާހީ ކުޅަދުންވަންތަކަމުގެ ޢަޖާއިބުތައް

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2024
އާއިލާތަކަށް ސަގާފީ ގޮތުން ވާރުތަވެފައިވާ ކާބަފައިންގެ ހުނަރުވެރި މަސައްކަތާ ދުރަށް ފަހު ޒަމާނުގެ ޒުވާނުން ދިއުމުން އެހެން މީހުންގެ ލޮލުގައި އެކަން އަޅައި ގަންނާނެއެވެ. ފޮޓޯގައި ފެންނަނީ ސަޢޫދީގައި މިފަހު ޒަމާނުގައި ބާއްވަމުން ގެންދާ ޒާތުގެ ނާޗަރަންގީ އެއްވުމެކެވެ. ޤައުމީ ހެދުމުގައި އަވިއަނެއް ތުރުކުރައްވައިގެން އެހުންނެވީ ޝެއިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަރިފަސްކޮޅުގެ ބޭފުޅެކެވެ. ޝެއިޚު މުޙައްމަދު ޢަބްދުލްވައްހާބަކީ ވައްހާބީ ފިކުރު އެފަރާތަކަށް ނިސްބަތް ކުރެވޭ ހަރުކަށި ސަލަފީ ފިކުރު އިންދެވި ޝެއިޚެވެ. ތުރުކީ އާލުއްޝެއިޚަކީ ސަޢޫދީ ރައްޔިތުން މުނިފޫހި ފިލުވުމުގެ އާދަކާދައަށް އިންޤިލާބީ ބަދަލެއް ގެންނެވި ބޭފުޅާއެވެ. ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުން އާރާސްތުވެ އިލާހީ ކޯފާއިން ނެތިކުރެއްވި އަލްޢުލާ ސިޓީގައި ބުޑުތެޅުވުމަށް ޝަކީރާއަށް ފުރުޞަތު ފަހިކޮށް ދެވުނެވެ. ސަޢޫދީއަށް އައިސްފައިވާ ބަދަލަކީ ބޮޑު ބަދަލެކެވެ. އިނގިރޭސި ބަސްތައް އެހެރަގޮތަށް އަރަބި އަކުރުން ލިޔެލުމުން ދިވެއްސަކަށް ތަމަޅައޭ ހީވާފަދައެވެ. އަރަބިން ލިޔެފައިވާ ލިޔުންގަނޑު ކިޔާލުމުން އެނގެނީ، "ބީތަރުބިފޭފްއާއި ބީފޯލް 'ގްރާންދް އަރާއިވާލް'ގައި ފޭބުމުގެ ކުރިން އާލުއްޝެއިޚު ޗެލެންޖުތައް ބައްލަވާލައްވަނީ" މިފަދަ އެއްޗެކެވެ. ولله في مخلوقاته شؤون.  

ގުޅުންހުރި ޚަބަރު