ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޤަތުލުއާންމަށް ހަތިޔާރު ދޭން ޖަރުމަން ތައްޔާރަށް
ދުނިޔެ

ޤަތުލުއާންމަށް ހަތިޔާރު ދޭން ޖަރުމަން ތައްޔާރަށް

އއިބްރާހީމްް ސަމީރު13 އޮކްޓޯބަރު 2024
ޤަތުލުއާންމުތައް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާ، އިޒްރޭލަށް ޖަރުމަންވިލާތުން އިތުރަށްވެސް ހަތިޔާރު ފޯރުވައިދޭނެ ކަމަށް ޖަރުމަން ޗާންސެލަރ ވިދާޅުވެއެވެ. އޭނާ މިވާހަކަތައް ވިދާޅުވީ އިޒްރޭލަށް ހަތިޔާރު ފޯރުވައި ދިނުން ޖަރުމަން ސަރުކާރުން ލަސްކޮށްފައިވާ ކަމަށް ކޮންސަރވެޓިވް އިދިކޮޅު ލީޑަރު ފްރިޑްރިކް މެރޒް ވިދާޅުވުމާ ގުޅިގެންނެވެ. "ހަތިޔާރު ސަޕްލައި ނުކުރަން އަޅުގަނޑުމެން ނިންމާފައެއް ނެތް. އަޅުގަނޑުމެން ހަތިޔާރު ފޯރުކޮށް ދީފިން އަދި ކުރިއަށް އޮތް ތާނގައިވެސް ހަތިޔާރު ފޯރުކޮށްދޭނަން" އިދިކޮޅު ލީޑަރު ފްރިޑްރިކް މެރޒްގެ ތުހުމަތަކާ ދެކޮޅު ހައްދަވަމުން، ޗާންސެލަރ އޯލާފް ޝޫލްޒް ވިދާޅުވިއެވެ. ޙަމާސްއިން ފެށި މިނިވަންކަމުގެ ހަނގުރާމައިގައި ހަމަލަ ދިން މުނާސަބާ ފާހަގަ ކުރުމަށް ޕާލަމެންޓްގައި އޮތް ޖަލްސާގައި ޗާންސެލަރ ވިދާޅުވީ "އިތުރު ހަތިޔާރުތައް ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް، ވަރަށް ބާރަށް ކުރިއަށް ދާނެ" ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން ބޮޑު އަވަނެއްގައި ފިހެލިކަމުގެ ތުހުމަތުގައި އަބަދުވެސް ބްލެކްމޭލް ކުރެވިފައިވާ ޖަރުމަންގެ އިދިކޮޅު ޕާޓީއާއި ވެރިކަން ކުރާ ޕާޓީން ދަނީ އިޒްރޭލުގެ ޖަރީމާތަކަށް އެންމެ ހެޔޮ އެދެނީ ކޮން ޕާޓީއެތޯ ދެއްކުމުގެ ވާދަ ޖެހުމެއްގައެވެ.

ގުޅުންހުރި ޚަބަރު