ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޗައިނާގެ ހެދުންތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކޮށްފި
ދުނިޔެ

ޗައިނާގެ ހެދުންތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކޮށްފި

އއިބްރާހީމްް ސަމީރު13 އޮކްޓޯބަރު 2024
އިންޑޮނޭޝިއާގެ އަންހެން ވިޔަފާރިވެރިންނަށް ޗައިނާގެ މުދަލުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ފަހާތަންތަން ހަދައިގެން ތިބޭ އަންހެނުންނަކީ އަމިއްލައަށް ކުދި ވިޔަފާރިތައް ހިންގައި އެއް ދޮޅަސް މީހުންނަށް ވަޒީފާ ދޭ މީހުންނެވެ. ނަމަވެސް ޗައިނާއިން އެތެރެ ކޮށްފައި ހުންނަ ހެދުންތަކުން ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް އަންހެނުންގެ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. ޗައިނާއިން ގެންނަ ހެދުން 2 ޑޮލަރަށް ވިއްކާއިރު މީހުން ބުނަނީ އެމީހުން ހެދުން ފަހާ ފޮތީގެ އަގުވެސް އެއަށް ވުރެން ބޮޑު ކަމަށެވެ. އެއާއެކު އިންޑޮނޭޝިއާއިން ވަނީ ޗައިނާއިން ގެންނަ ހެދުމުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑު ކުރުމަށް ނިންމާފައެވެ. އިންޑޮނޭޝިއާގެ ޓްރޭޑް މިނިސްޓަރ ޒުލްކިފްލި ހަސަން ވިދާޅުވަނީ ޗައިނާ އެމެރިކާގެ ވިޔަފާރީގެ ކޯޅުމުގެ ގެއްލުން އިންޑޮނޭޝިއާއަށް ކުރަމުންދާ ކަމަށާއި އެކަމަށް ފިޔަވަޅެއް ނާޅައިފިނަމަ، ކުދި ވިޔަފާރިތައް ބަނގުރޫޓު ވެދާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު