ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކެމެރޫންގެ ރައިސްގެ ޙާލުކޮޅާ މެދު ވާހަކަ ދެއްކުން މަނާ
ދުނިޔެ

ކެމެރޫންގެ ރައިސްގެ ޙާލުކޮޅާ މެދު ވާހަކަ ދެއްކުން މަނާ

އއިބްރާހީމްް ސަމީރު14 އޮކްޓޯބަރު 2024
ކެމެރޫންގެ ރައީސްގެ ސިއްޙީ ޙާލުކޮޅާ މެދު މީޑިއާގައި ލިޔުމާއި އާންމުން އެކަމާ މެދު ވާހަކަ ދައްކައި ހެދުމަކީ މަނާ ކަމެއް ކަމަށް ސަރުކާރުން ނިންމައިފިއެވެ. ކެމެރޫންގެ އުމުރުފުޅުން 91 އަހަރުގެ ޕައުލް ބިޔާ ރައީސް ގެއްލިފައިވާތާ މިހާރު މަހަކަށް ވުރެން ގިނަ ދުވަސް ވަނީ އެވެ. އދގެ އާންމު މަޖިލީހުގެ ޖަލްސާއިންވެސް އޭނާ ފެނިފައެއް ނުވެއެވެ. އަދި ފަރަންސޭސިބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ ސަމިޓުންވެސް އޭނާ ފެނިފައެއް ނުވެއެވެ. ރައްޔިތުންނާއި މީޑިއާއިން ވަނީ ހަސްފަތާލުތައްވެސް ބަލައި އެއިން ތަނެއްގައި ރައީސް އެދުމަތި ކުރެވިފައި ވޭތޯވެސް ބަލާފައެވެ. މިއަދު ކެމެރޫންގެ ހޯމް މިނިސްޓަރު ނެރުއްވި އާންމު ސިޓީއެއްގައި މީޑިއާއާއި ގަވަރުނަރުންނަށް އަންގަވާފައި ވަނީ ރައީސްގެ ޙާލު ކޮޅާމެދު ރިޕޯޓުކޮށް ރައްޔިތުން ވާހަކަ ދައްކައި ހެދުމަކީ ޤައުމީ އެއްބައިވަތަކަން ގެއްލޭ ކަމައެއް ކަމަށެވެ. އެހެންވެ، އެފަދަ ވާހަކަތައް ދައްކައި ހެދުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ. ބިޔާގެ ޙާލުކޮޅާ މެދު ރިޕޯޓު ކުރާ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅާތީ ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމުއިއްޔާ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ވެސް ވަނީ ނުރުހުން ފާޅުކޮށް ޔާއުންޑީގެ ސަރުކާރު ކުށްވެރިކޮށްފައެވެ.

ގުޅުންހުރި ޚަބަރު